ޚަބަރު

ގަވައިދާ ހިލާފަށް އުޅުނު 30 ބިދޭސީން ޑީޕޯޓްކޮށްލައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 30 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

Ads by MWSC

އިމިގްރޭޝަން އިން ރޭ 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ގަވައިދާ ހިލާފުވެގެން ހިފަހައްޓާފައިވާ ބިދޭސީންގެ ތެރެއިން 30 މީހުން ޑީޕޯޓްކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައި ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންވެސް ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރަން އިމިގްރޭޝަނުން ވަނީ ނަސޭހަތްތެރިވެފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބީދޭސީން ހޯދަން ތަންތަން ބަލައިފާސްކުރަން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގާ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ އެކަނި ވެސް 09 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޓާސްކު ފޯހަށް ލިބުނު މައުލޫމާތާ ގުޅިގެން ރޭގައި ހ.ކަޅުހުރާގެ ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެ ގެ ބަލާ ފާސްކުރުމުގެ ތެރެއިން ވަޒީފާ ދިން ފަރާތައް ފިލައިގެން އުޅުނު 06 ބިދޭސީއަކުވެސް ހިމެނޭ ކަމަށް އިމިގްރޭޝަން އިން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތުގެ ތެރެއިން އިމިގްރޭޝަން އިން ދަނީ ގިނަ މަސައްކަތްތަކަށް ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން މި ސަރުކާރުކާރަށް މިވީ 9 މަސް ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ޑިޕޯޓްކޮށްފައިވެ އެވެ.