އެމެރިކާއިން ބެޓެރީ އުފެއްދުމުގެ ދާއިރާއަށް 3 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި

އެމެރިކާ ސަރުކާރުން ބެޓެރީ އުފެއްދުމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި 25 މަޝްރޫޢަކަށް 3 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ހަކަތައިގެ ސެކްރެޓަރީ ޖެނިފަރ ގްރެންހޯމްއެވެ.
މި އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުތަކުން އެމެރިކާގެ އިލެކްޓްރިކް ވެހިކަލްތަކަށް ބޭނުންވާ ބެޓެރީ އުފެއްދުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި މަޝްރޫޢުތަކުގެ ސަބަބުން އާ ވަޒީފާތައް އުފެދި، އެމެރިކާގެ އިޤްތިޞާދަށް ފައިދާތަކެއް ކުރާނެ ކަމަށްވެސް ލަފާކުރެވެއެވެ.
މި އެހީ ދިނުމުގެ މައިގަނޑު މަޤްޞަދަކީ އެމެރިކާގެ ބެޓެރީ އުފެއްދުމުގެ ދާއިރާ ހަރުދަނާކޮށް، ޗައިނާގެ މައްޗަށް އޮންނަ ބަރޯސާވުން ކުޑަކުރުމެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ބެޓެރީ އުފެއްދުމަށް ބޭނުންވާ މުހިންމު މާއްދާތައް އުފެއްދުމާއި، ބެޓެރީ ރީސައިކަލް ކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.
މި އެހީި އެހީ ދިނުމަށް ނިންމާފައިވަނީ 2022 ވަނަ އައހަރު ފާސްކުރި "އިންފްލޭޝަން ރިޑަކްޝަން އެކްޓް" ގެ ދަށުންނެވެ. މި ޤާނޫނުގެ ދަށުން ސާފު ހަކަތައިިގެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.