ޚަބަރު

ރައީސް ސޯލިހު ވާހަކަފުޅަށް މައުމޫންގެ ތައުރީފް!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތައުރީފު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ވައިރަހުގެ ސަބަބުން ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތައް ހާމަކުރުމަށް ރައީސް ސޯލިހު މިއަދު ހަވީރު ވަނީ ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އަދި ނޫސްވެރިން ކުރި ސުވާލުތަކަށް އެމަނިކުފާނު ވަނީ ވަރަށް ފުރިހަމައަށް ޖަވާބު ދެއްވާފައެވެ.

އެގޮތުން ގިނަ ބަޔަކު ރައީސް ސޯލިހު ވާހަކަފުޅަށް ތައުރީފު ކުރައްވަމުންދާ މި ދަނޑިވަޅުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ރައީސްމައުމޫން ވެސް މިވަނީ ރައީސްއަށް ތައުރީފު ބަންޑުން ކޮށްލާފައެވެ.

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ނުރައްކަލާ ދެކޮޅަށް ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅު ވަރަށް ފުރިހަމަ ކަމަށެވެ.

"މިވަގުތު ދިމާވެފައިވާ މި ދަތި ހާލުގައި ރައްޔިތުންނަށް ޔަގީންކަން ދެއްވައިފި، އަދި ރައްޔިތުންނާއި ވިޔަފާރިތައް މި ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަން ރާވާފައިވާ ކަންކަން ވިދާޅުވެ ދެއްވައިފި، ޝުކުރިއްޔާ ރައީސް." މައުމޫން ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި ސަރުކާރު އިތުރު އެއް ހަފްތާއަށް ބަންދުކުރަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން މިމަހުގެ 27 ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލުމަށާއި ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ހަ މަހަށް ، ސްޓޫޑެންޓް ލޯނުތައް ދެއްކުން ވެސް 6 މަސް ދުވަހަށް ލަސްކޮށްދީފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!