ޚަބަރު

ޔާމީން އދ. އަށް ވަޑައިނުގަނެވުނީ ކަންނެތް ކަމުން: ޝުޖާއު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޝުޖާޢު ރައީސް ޔާމީނާއެކު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް، އދ. ގެ އާންމު މަޖިލީހަށް ވަޑައިގެން ތަގުރީރު ނުދެއްވުނީ އެމަނިކުފާނުގެ "ކަންނެތް" ކަމުން ކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޔާމީނަކީ ޕީއެންސީ/ޕީޕީއެމްގެ ކުރީގެ ލީޑަރެވެ. 2023 ގެ ރިޔާސީ އިންތިހާބުގައި އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކަށް ވެސް ދެ ޕާޓީގެ ޖޮއިންޓް ކައުންސިލުން ކަނޑައެޅީ ޔާމީނެވެ. ނަމަވެސް އޭރު ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވުނެވެ.

ޔާމީނުގެ ބަދަލުގައި އިއްތިހާދުގެ ބެކްއަޕް ކެންޑިޑޭޓުގެ ގޮތުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެހުނު ފަހުން ޔާމީނާއި ޕާޓީގެ އެެހެން އިސް ބޭފުޅުންނާ ދެމެދު މައްސަލަ ޖެެހެން ފެށި އެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ހަފުތާއެއް ވެސް ނުވަނީސް ޔާމީން ޕީޕީއެމް ދޫކޮށްލެވި އެވެ.

މިހާރު ޕީޕަލްސް ނެޝަަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި ޕާޓީއެއް އުފައްދައިގެން، ސަރުކާރުގެ އިސް ބޭފުޅުންނަށް، ޔާމީނުގެ ޕާޓީގެ ހަރަކާތްތެރިން ގެންދަނީ ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ދެމުންނެވެ. އެ ގޮތުން ރައީސް މުއިއްޒު އދ. އަށް ވަޑައިގަތުމުގެ ކަވަރޭޖަށް ވަރަށް ބޮޑަށް މަލާމާތް ކުރަމުން އެބަ ދެ އެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝުޖާއު ހަނދާން ކޮށްދެއްވީ ޔާމީނުގެ ވެރިކަމުގައި އެންމެ ފަހަރަކު ވެސް އދ. އަށް ތަގުރީރުކުރައްވަން އެމަނިކުފާނު ވަޑައިނުގަންނަވާ ކަމެވެ.

"އދ. ގައި ރައީސް ޑރ. މުއިއްޒު ތަގުރީރު ކުރައްވާތީއާއި، ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުއިއްޒު އދ. އަށް ވަޑައިގެންނެވި ހިސާބުން ރައީސް ޔާމީން ލޮލަށް ނިދި ނާދޭ،" ޝުޖާއު ވިދާޅުވި އެވެ.

"ރައީސް ޔާމީން އދ. އަށް ވަޑައިނުގެންނެވީ މީހަކު ހިފަހައްޓައިގެނެއް ނޫނޭ، ކަންނެތްކަމުން،"

Ads by Ooredoo
  1. ވަގުންނޭ

    ގައުމު ބަނގުރޫޓް ވެފައި އޮތްވާ ނަމޫނާ ދައްކަން ޖެހޭ ތަނަކީ ރައީސް އޮފީސް ކަމަށްވާއިރު ދައުލަތުގެ ބަޖެޓުން ހަޔެއް ހަތަރަކަށް މިލިއަނުން ތަޅާ ބުރުއްސަމުން ފަސްޓް ކްލާހުގައި ޓިކެޓް ނަގައިގެން ހާކިމާ އާއި އޭނާ އަށް ވައިޖަހާ ބީރުބޮލޭ މެންގެ ގާފިލާ ގޮވައިގެން ތިޔާ ކުރާ ދަތުރު ތަކުން މިހާތަނަށް ނިކުތް އެއްވެސް ނަތީޖާ އެއް ނެތޭ ބަޖެޓުން 10 މިލިއަން ޚަރަދުކުރުމުން އެހީގެ ގޮތުގައި ލިބެނީ 1 ހާސް ރުފިޔާއޭ ތަމެން ހިސާބު އިލްމް ކިޔެވީ ދުނގެތިވަލުންތޭ

  2. ނެރޭށޭ

    ތިޔާއީ ދައުލަތުގެ ބަޖެޓުން މިލިއަނުން ޑޮލަރު ޚަރަދުކޮށްގެން މިވަގުތު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނޭ ދުނިޔެ މިހާރު މިސްރާބު ޖަހާފައި މިއޮތީ ބޮޑު ހަނގުރާމައަކާއި ދިމާލަށް ކަމަށްވާއިރު ދައުލަތުގެ ބަޖެޓުން މިލިއަނުން ބޭކާރު ޚަރަދުކޮށްގެން ވަޒީރުންގެ ފަތިވަރާއި އެމެންގެ ދަރިދަރީންނާއި އާއިލާ ގޮވައިގެން ނިއުޔޯރކް އަށް ގޮސް ތިކުރާ ޚަރަދުހުއްޓާލާށޭ ރައީސް އަށް ރާއްޖޭން ބޭރަށް ދަތުރުކުރެވޭނެ ގޮތާއި އަދި ޚަރަދުކުރެވޭނެ ގޮތް ބަޔާންކުރާ ފޮތެއް އިދިކޮޅުން ނެރޭށޭ ނެރޭށޭ ނެރޭށޭ ނެރޭށޭ..

  3. ދާށޭދާށޭދާށޭ

    ރާއްޖޭގެ ރައީސަކަށް އަންނަ މީހާއާއި އަދި ވަޒީރުންނާއި ސަރުކާރުގެ ކުންފުނި ތަކުގެ ބޮޑުންނާއި އަދި މުވައްސަސާ ތަކުގެ ބޮޑުންނަށް އެމެން ހިތަށް އެރުމުން ދައުލަތުގެ ފައިސާ އިން ރާއްޖޭން ބޭރަށް އެމެން ހިތަށް އެރުމުން ޚަރަދުކުރެވިގެން ނުވާނެއޭ އެކަން ކުރެވޭނެ އުސޫލެއް އިދިކޮޅު ސިޔާސީ ޕާރޓީ ތަކުން އުސޫލެއްގެ ގޮތުގައި ނުވަތަ ކޯރޑް އޮފް ކޮންޑަކްޓް ނުވަތަ އެސްއޯޕީއެއްގެ ގޮތުގައި ނެރެ މާލެ ސަރަހައްދުގައި އުޅޭ ރައްޔިތުންގެ ފެންނަ ނުފެންނަ އޮންލައިން ވޯޓަކަށް

  4. ފެއްސޭދެން

    މަމެން ޕިންކީން ބޮޑެތި އިގްތިސާދީ އަދި ވިޔާފާރި ގުރުބާނީ ވެގެން ގެނައި ވެރިކަން ގެނައީ ގައުމު ބަނގުރޫޓް ވެފައި އޮތްވާ އިލްމާއި ފިކުރާއި ޓެކްނޮލޮޖީގެ އީޖާދުކުރުން ތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ކޮށްގެން އަމާބުނީތީ ފަރަށްދާ އުސޫލުން ކަންނުކޮށް ހެޔޮހިތުން ރައްޔިތުންނަށް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއި އެކު ހެއްދެވި ފަރާތް ގަންދީކޮށްފައިވާ ހުވައާއި އެއްގޮތަށް އަމާނާތް ތެރި ވެރިކަމެއް ކޮށްދޭށޭ އެކަމަކު ކަން ފެންނަނީ ދިމާ އިދިކޮޅަށޭ މީ މަމެން މިވެރިކަން ގެނައި މަގްސަދާއި ޚިލާފަށް މުއިއްޒު ދައުލަތުގެ ޚަޒާނާއިން ކުރަމުންދާ ބޮޑެތި ވައްކަން ތަކޭ މުއިއްޒު ފެއްސެންވީއޭ ފެއްސޭ ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ

  5. އާދު

    ނުދިޔަނަމަ ކިޔާނީ ތީގެ އިދި ކޮޅައް ކޯސްޓާ ކޮފީއެއް ބޮއިގެން ވަރު އަރުވާއިރު ތިމާމެންގެ ގައުމުގަ އެންމެ ގިނަދިވެހިން ބޮނީ ކޯސްޓާ ކޮފީ