ޚަބަރު

މާލޭގެ ބައެއް ގެތަކުން މާދަމާ ހެނދުނު ދެ ގަޑިއިރަށް ކަރަންޓު ކެނޑިދާނެ!

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މާލޭން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ބެލެވޭ ސަރަހައްދު - ފޮޓޯ: ސްޓެލްކޯ

މާލޭގެ ބައެއް ގެތަކުން މާދަމާ ހެނދުނު ދެ ގަޑިއިރުގެ ދެމެދުގެ ވަގުތުތަކެއްގައި ކަރަންޓު ކެނޑިދާނެ ކަމަށް، މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ، ސްޓެލްކޯއިން މިރޭ ބުނެފި އެވެ.

Ads by STELCO

ސްޓެލްކޯއިން ބުނި ގޮތުގައި އެއީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާތީ ދިމާވެދާނެ ކަމެއް ކަމަށެވެ.

ކަރަންޓު ކެނޑޭނީ ބޮޑުފުންގަނޑު މަގު، މަޖީދީ މަގު، ލަންސިމޫ ގޯޅި އަދި ވައިޖެހޭ މަގު ހިމެނޭ ސަރަޙައްދުން، ހެނދުނު 9:30 އާއި 11:30 އާ ދެމެދުގެ ވަގުތުތަކުގަ އެވެ.

ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

 

Ads by HDC