ޚަބަރު

ސައިކަލު ޕޮކެޓެއްގައި އިން އަގުބޮޑު ފޯނެއް ވަގަށް ނަގާފައި ވަނިކޮށް ފުލުހުން ހޯދައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފުލުހުންގެ ވެހިކަލްތަކެއް/ ފޮޓޯ: ދެން

ހަނދާން ނެތިގެން ސައިކަލު ޕޮކެޓެއްގައި އިން އަގުބޮޑު ފޯނެއް ވަގަށް ނަގާފައި ވަނިކޮށް ފުލުހުން ހޯދައިފި އެވެ.

Ads by STELCO

ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ބުނި ގޮތުގައި އެއީ 32,000 ރުފިޔާގެ އަގު ހުރި ފޯނެކެވެ.

ފޯނު ހޯދުމަށް ސީސީޓީވީ ފުޓޭޖުތައް ބަލައި، ފޯނު ވަގަށް މީހާ ވެސް ދެނެގަނެވި ފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ފޯނު ހޯދުމަށް ފަހު، ފޯނުގެ ވެރިފަރާތާ ފޯނު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Ads by Allied Insurance