ޚަބަރު

ލޯނު ނުދައްކައިގެން މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަނީ، އެއް ގޭގެ އަގު 23 މިލިއަނުގައި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލެ ސިޓީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ދެ ލޯނެއް ނުދައްކައިގެން އެ ލޯނަށް ރަހުނުކޮށްފައިވާ މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން އިއުލާންކޮށްފި އެވެ.

Ads by Hajj Corporation

ބީއެމްއެލުން މިއަދު ކުރި އިއުލާނެއްގައި ވިއްކާލަން އިއުލާންކުރީ މ. ބީޗްކޯނަރު(927.33 އަކަފޫޓު) އާއި މ.ނާއިންފަރުގެ(792 އަކަފޫޓު)ގެ ދެ ގޯއްޗެވެ.

ލޯނަށް ފައިސާ ނުދައްކާތީ އެ ދެ ވިއްކާލުމަށް ސިވިލް ކޯޓުން ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 22 ވަަނަ ދުވަހު އެވެ.

އެ ގެތައް ގަންނަން ބޭނުންވާ ފަރާތްތަަކުން އަގު ބަޔާންކޮށް ސިޓީ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އޭގެ ތެރެއިން މ. ބީޗްކޯނަރު ގަންނަން އެންމެ ދަށް އަގެއްގެ ގޮތުގައި ހުށަހެޅޭނީ 23.9 މިލިއަން ރުފިޔާ ކަމަށް ބުނެފައިވާ އިރު މ. ނާއިންފަރުގެ ގަންނަން ހުށަހެޅޭނެ އެންމެ ދަށް އަގެއްގެ ގޮތުގައި ބުނެފައިވަނީ 13 މިލިއަން ރުފިޔާ އެވެ.

ބީއެމްއެލުން ބުނީ އެ ގެތައް ގަންނަން ބޭނުންވާ ފަރާތްތަކުން އެ ފަރާތްތަކުގެ ހަ މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓްވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ލޯނުތައް ނުދައްކައިގެން ރަހުނުކޮށްފައިވާ ގެތައް ވިއްކާލަން މީގެ ކުރިން ވެސް ބީއެމްއެލުން އިއުލާންކޮށްފައިވެެ އެވެ.

Ads by Ooredoo
  1. އަހުމަދު

    ހަރާން ރިބާ ކެއުމަކީ ހިތިކަމެއް

  2. އަހުމަދު

    ރިބާ ފައިސާ ވިއްކުމާއި ރިބާ ފައިސާ ގަތުމައި ދިނުމައި އަތުލައިގަތުމާއި ގަދަކަމުން ރިބާ ފައިސާ އޮޕަރޭޓް ކުރުމައި ޖަހައިގަތުމައި ރިބާ ފައިސާ ވަގަށް ނެގުމާއި ރިބާ ގެ އެއްވެސް މުއަމަލާތެއް އިސްލާމް ދީނުގައި ހުއްދައެއް ނުވާނެ ބެންކުންވެސް ރިބާގެ މުއަމަލާކޮށްގެން ދީފައިވާ ލޯނެއްގެ އިންޓުރަސްޓު ފައިސާގެ މުއާމަލާތަކީ ހަމަ ރިބާނޫތޯ ކާކުތޯ މި އަނދަވަޅުން ސަލާމަތް ވީ ހުރިހާ ރިބާ ފައިސާ އަކާއެކީ ނަރަކައިގެ ވަތުގައި ތިބުމުގެ އިންތިޒާރު ބޮޑު ބަޔަކުކަމުގައި މި ދެފަރާވެސް ވާނެ ބޭންކުގެ ރިބާލޯނު ނުނަގާ ކަންކަން ކުރެވޭނެ އިންޝާﷲ