ދުނިޔެ

ކޯވިޑް19: ބަލި ޖެހުނު ތުއްތު ދަރިފުޅުގެ ފޮޓޯ މަންމަ އާއްމުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން އެންމެ ދެމަހުގެ ތުއްތު ދަރިފުޅަށް ކޯވިޑް 19 ޖެހުމުން ތަހައްމަލު ކުރަމުން ގެންދާ ވޭން ދައްކުވައިދޭ ފޮޓޯއެއް މަންމަ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފިއެވެ.

Ads by Sosun Fihaara

އަޝްލޭ ހިލްޑަބްރޭންޑް ނަމަކަށް ކިޔާ އަންހެނެއް އޭނާގެ ފޭސްބުކް އެކައުންޓްގައި ހިއްސާކުރި ފޮޓޯއިން ފެންނަނީ އޭނާގެ ދެމަހުގެ ދަރިފުޅު ، އެލީ ، ކޯވިޑް 19 އަށް ޓެސްޓް ކުރުމުން ޕޮޒިޓިވް ވެގެން ދަރިފުޅަށް ވެންޓިލޭޓަރެއްގައި ފަރުވާ ދޭ މަންޒަރެވެ.

ދެމަހުގެ އެލީ ވެގެން ގޮސްފައިވަނީ ޔޫއެސްގައި ކޯވިޑް 19 ޖެހުނު އެންމެ ހަގު ކުއްޖާއަށެވެ. އެކުއްޖާއަށް ނޭވާލާން އުނދަގޫ ވުމުން ނޭފަތަށް ވަނީ އޮކްސިޖަން ހޮޅި ގުޅާފައެވެ.

ދަރިފުޅުގެ ފޮޓޯ ފޭސްބުކްގައި ހިއްސާ ކުރަމުން މަންމަ އެދުނީ އެންމެން ވެސް އެ އާއިލާއަށް ހެޔޮ ދުއާ ކޮށްދިނުމަށެވެ. އެކުއްޖާ މަންމަ ބުނީ މިދިޔަ އަންގާރަ ދުވަހު ދަރިފުޅު ބަލިވީ ކުއްލިއަކަށް ކަމަށާއި، އޭގެ ކުރިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ.

އަޝްލޭ ބުނީ ހުކުރު ދުވަހު ހެނދުނު ދަރިފުޅު އޮތީ ފުޅިއެއް ހިފައިން ކުޅެން ކަމަށާއި އެހެން އޮވެފައި ކުއްލިއަކަށް ދަރިފުޅު ރޯން ފެށި ކަމަށެވެ. އަދި ނޭވާލާން އުނދަގޫ ވިނަމަވެސް ކޯވިޑް19ގެ މައިގަނޑު އަލާމާތްތައް ނުފެންނާތީ ދަރިފުޅަށް ޖެހިފައިވަނީ އެބަލި ކަމަށް ޑޮކްޓަރުން ވެސް ހީނުކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!