ޚަބަރު

އާސަންދައިން ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހުއްޓާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭ ހޮސްޕިޓަލްގެ ހިންގުން، އާސަންދަ ކުންފުނިން މިއަދު ހުއްޓާލައިފި އެވެ.

Ads by STELCO

އާސަންދަ ކުންފުނިން ބުނީ، މިއަދުން ފެށިގެން ހުޅުމާލެ ހޮސްޕިޓަލް ހިންގުން އެކުންފުނިން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލް ހިންގުން އެކުންފުނިން ދޫކޮށްލާފައިވަނީ ސަރުކާރުން އެގޮތަށް ނިންމައި ޑިސެމްބަރު 26 ގައި އެކުންފުންޏަށް އަންގާފައިވާތީ އެވެ.

އާސަންދަ ކުންފުންޏާ ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އެޕްރީލްމަހުގެ 3 ވަނަ ދުވަހު އެވެ. އެކުންފުނިން ހުޅުމާލެ ހޮސްޕިޓަލާ ހަވާލުވެ، އެ ކުންފުނީގެ ބަޖެޓުން 193 މިލިއަން ރުފިޔާ ހަރަދުކޮށް، ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފަ އެވެ. އެގޮތުން ކެންސަރު ބައްޔަށް ފަރުވާދޭން އެ ހޮސްޕިޓަލުން ފަށާފައިވަނީ އާސަންދައިގެ މެނޭޖްމަންޓްގެ ދަށުންނެވެ.

މީގެ ކުރިން 2018 ވަނަ އަހަރުވެސް ރައީސް އޮފީހުން ވަނީ އެ ހޮސްޕިޓަލް ހިންގުން އާސަންދަކުންފުނިން ނަގާ ހެލްތު މިނިސްޓްރީއާއި ހަވާލުކޮށްފަ އެވެ. އެހެން ނަމަވެސް އެ ފަހުންވެސް އެހޮސްޕިޓަލް ހިންގުން އާސަންދަ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!