ޚަބަރު

ގަވައިދާ ހިލާފަށް ވިޔަފާރިކޮށް އުޅޭ ބިދޭސީން ހޯދަން ބޮޑު އޮޕަރޭޝަން މިއަދު ކުރިއަށް ގެންދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން--

ގަވައިދާ ހިލާފަށް ވިޔަފާރިކޮށް އުޅޭ ބިދޭސީން ހޯދަން ބޮޑު އޮޕަރޭޝަން މިއަދު ފަށައިފި އެވެ.

Ads by Sosun Fihaara

އިމިގްރޭޝަނުން ބުނީ މިއީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ، މާސް އިންސްޕެކްޝަންގެ ދެވަނަ އިންސްޕެކްޝަން ކަމަށެވެ.

އެ އިންސްޕެކްޝަން މިއަދު ފެށީ ހުޅުމާލޭގަ އެވެ.

އެގޮތުން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ މި އިންސްޕެކްޝަންގައި ހުޅުމާލޭގެ ފޭސް އެކަކާއި ދޭކުން 27 ޒޯނެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.

އެ ހަރަކާތުގެ މަގުސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުން ކަމަށް ވެސް ބުނެފައިވެ އެވެ.

އިމިގްރޭޝަނުން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ސެޕްޓެމްބަރު 17 އާ ހަމައަށް ވަނީ ގަވައިދާ ހިލާފަށް އުޅޭ 4054 ބިދޭސީން ފޮނުވާލައިފަ އެވެ.

Ads by Allied Insurance