ޚަބަރު

މުޅި ދުނިޔެ މިވަނީ ސޯސަލް އެކްސްޕެރިމެންޓެއްގައި: އުގައިލް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔެ މިއޮތީ ސޯސަލް އެކްސްޕެރިމެންޓެއްގައި ކަމަށް ޕްރޮފެސަރ އުގައިލް ވިދާޅު ވެއްޖެއެވެ.

Ads by STELCO

އުގައިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައިރަހުގެ ސަބަބުން އަހަރެމެން މުއާމަލަތު ކުރާ ގޮތާއި މުވާސަލާތު ކުރާ ގޮތުގެ އިތުރުން ވިޔަފާރިތައް ހިންގާ ގޮތާއި ސިޔާސީ މައިދާން އަދި ސަގާފަތް މިވަނީ ފައްތަރެއްގެ މަތީގައި ކަމަށެވެ.

"މި ތޫފާނުން ސަލާމަތްވާ މީހުން ވަރަށް ތަފާތު ދުނިޔެއެއް ދެކޭނޭ" އުގައިލް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ ތިންބައިކުޅަ އެއްބައި މީހުން މިހާރު ތިބީ ކަރަންޓީން ނުވަތަ ލޮކްޑައުންގައެވެ. މި ބަލީގައި މިހާތަނަށް 21،191 މީހުން މަރުވެފައިވާއިރު ފަސް ލައްކައާ ގާތްކުރާ އަދަދެއްގެ މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ.

އުގައިލް މީގެ ކުރިން ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އެންމެ ބޮޑަށް ގޯސް ވެއްޖެނަމަ 10،000 މީހުން މަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!