ޚަބަރު

ހޮނޑާފުށި ރިސޯޓުން ހަނިމާދޫއަށް ދިޔަ މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހދ އަތޮޅުގައި އޮންނަ ހަމައެކު ރިސޯޓު، ހޮނޑާފުށި އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާގެ ތަކެތި ނަގަން އެ ރިސޯޓަށް އެރުމަށް ފަހު އެއަތޮޅު ހަނިމާދޫއަށް ދިއުމުން އޭނާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ހޮޑާފުށި އައިލޭންޑް ރިސޯޓުގެ މުވައްޒަފެއް، ހަނިމާދޫގައި ހުރެފައި އެ ރިސޯޓުގެ މެނޭޖްމެންޓުގެ ހުއްދަ ނެތި ރިސޯޓަށް އަރައި، ރިސޯޓުގައި ހުރި އޭނާގެ ތަކެތި ހިފައިގެން އެނބުރި ހަނިމާދޫ އަށް ދިޔުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިސޯޓުތަކުގެ މުވައްޒަފުން ރިސޯޓުން ފޭބުމާއި އަދި ރަށްރަށުން މީހުން ރިސޯޓުތަކަށް ދިޔުން ވެސް މިވަގުތު އޮތީ މަނާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!