ފިލާ ބިދޭސީން ރިޕޯޓްކުރަން އާ އުސޫލެއް، 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ

ބިދޭސީން ފިލައިފިނަމަ ރިޕޯޓްކުރަން އާ އުސޫލެއް އެކުލަވާލައިފި އެވެ.
ފިލާ ބިދޭސީން ރިޕޯޓް ކުރުމާ ގުޅޭ ގޮތުން މިއަދު ހޯމް މިނިސްޓްރީން އާންމުކުރި އާ އުސޫލުގައިވާ ގޮތުން ބިދޭސީއަކު ފިލައިފިނަމަ އެކަން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ރިޕޯޓް ކުރުުމަށް 1000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ އެވެ. އަދި ބިދޭސީ މިހާ ފިލީ ވަޒީފާ ދޭ ފަރާތުގެ އިހުމާލުންނަމަ 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
އޭގެ އިތުރުން ބިދޭސިއަކު ފިލައިގެން ކޮށްފައިވަ ރިޕޯޓަކަ ގުޅިގެން އެ ރިޕޯޓް ނަގަން ބޭނުންނަމަ މި މަހުގެ ހަވަނަ ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ރިކުއެސްޓް އަނބުރާ ގެންދަންވލ ޖެހޭނެ އެވެ.
އަދި މި މުއްދަތު ހަމަވުމަށްފަހު، މިސިންގ ރިޕޯޓު ރިކުއެސްޓެއް އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ހުށަހަޅައިފިނަމަ، މިސިންގ ރިކުއެސްޓް ވިތްޑްރޯވަލް ފީގެ ގޮތުގައި 10,000 ރުފިޔާގެ ސަރވިސް ފީއެއް ނެގޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.