Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19: ހައުސިން ލޯން ދެއްކުން ހަ މަހަށް ފަސްކޮށްފި

ހައުސިން ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެޗްޑީއެފްސީ)ގެ ހައުސިން ލޯން ދެއްކުން ހަ މަހަށް ފަސްކޮށްފި އެވެ.

އެޗްޑީއެފްސީ) އިން ނެރުނު އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ހައުސިން ފައިނޭންސް ލޯނުތަކަށް މަހުން މަހަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު ހަ މަހަށް ފަސްކޮށްފައިވާ ކަމަށެވެ.

"މިއީ ކޮވިޑް-19 ގެ ސަބަބުން ފަރުދުންގެ ދިރިއުޅުމުގެ އާންމު ހާލަތަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ރާއްވަވައި ކުރިޔަށް ގެންދަވާ އިކޮނޮމިކް ރިކަވަރީ ޕްލޭނުގެ ދަށުން" ނިންމި ނިންމުމެއް ކަމަށް އެޗްޑީއެފްސީން ބުނެ އެވެ.

Advertisement
HDC — Sidebar (box)

އެގޮތުން ލޯނުތައް އަނބުރާ ދެއްކުން ހަ މަހަށް ފަސްކޮށްފައި ވަނީ މާޗް 1 އިން ފެށިގެން 31 އޯގަސްޓްއާ ހަމައަށެވެ. ލޯނުތައް ދެއްކުން ފަސްކުރަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހެ އެވެ.

މިގޮތުން 6 މަސް ދުވަހުގެ މުއްދަތައް ފަސްކުރަން އެދޭ ފަރާތްތަކުން އެޕްރީލް މަހުގެ 15 ގެ ކުރިން ލިޔުމުން ނުވަތަ އީމެއިލް އިން [email protected] އަށް ހުށަހަޅަން ޖެހެ އެވެ.

އެޗްޑީއެފްސީން ބުނީ ދެވޭ 6 މަސް ދުވަހުގައި އިންޓަރެސްޓް އަދި އަނބުރާ ދައްކަން ޖެހޭ ފައިސާ ފަސްކޮށްދެވޭނެ ކަމަށާއި ނަމަވެސް މި 6 މަސް ދުވަސް ލޯނުގެ މުއްދަތުގެ ތެރެއަށް އިތުރު ކުރެވޭނެ ކަމަށެވެ. (މިސާލަކަށް: 31 ޑިސެމްބަރ 2020 ގައި ނިމޭ ލޯނެއް ދެން ނިމޭނީ 30 ޖޫން 2021)

ހަ މަސް ދުވަހަށް ފަސްކޮށްދިނުމުގެ ފުރުސަތު ދެވޭނީ ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ދައްކަމުން ދާ ފަރާތްތަކަށް ކަމަށާއި ގްރޭސް ޕީރިއަޑްގައި ހުރި ލޯނުތަކުން މި މުއްދަތުގައި އިތުރު ޕޭމަންޓް އެއް ނުނަގާ ކަމުގައިވާނަމަ ފަސްކޮށްދިނުމަށް އެދެވިދާނެ ކަމަށް އެޗްޑީއެފްސީން ބުނެއެވެ.

އެޗްޑީއެފްސީން ބުނީ އިތުރު މައުލޫމާތު ބޭނުންވާ ނަމަ ގުޅަން ޖެހޭނީ 3000112 އަދި 3334666 ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް