ޚަބަރު

ފިލިޕީންސްގައި ކިޔަވާ 47 މެޑިކަލް ސްޓޫޑެންޓުން ރާއްޖެ ގެންނަނީ

ދެން އެމްވީ ، ދެން އޮންލައިން

ޕިލިޕީންސްގައި ކިޔަވާ 47 ދިވެހި މެޑިކަލް ސްޓޫޑެންޓުން ރާއްޖެ ގައުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19އާ ގުޅޭ ކަންކަމުގައި ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، މިރޭގެ ވަގުތެއްގައި ފިލިޕީންސްގައި ތިބި 47 ދިވެހި ދަރިވަރަކު ރާއްޖެ އަންނަން ފުރާނެ ކަމަށެވެ. އަދި އެ މީހުންނަށް ރާއްޖެ އާދެވޭނީ މާދަމާ ރޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފޮރިން މިނިސްޓްރީއިން މިވަގުތު ކުރަމުންދާ ބުރަ މަސައްކަތުގެ ތެރެއިން 47 މެޑިކަލް ސްޓޫޑެންޓުން މިހާރު މިވަނީ މިރޭގެ ވަގުތެއްގައި ފިލިޕީންސްއިން ފުރާގޮތަށް ހަމަޖެއްސިފައި. އެ ކުދިން ގަތަރަށް ގޮސްފައި ގަތަރުން އަނބުރާ މާލެ އާދެވޭނީ މާދަމާ ރޭ،" މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ތިބި މެޑިސިން ކިޔަވާ ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ، ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ތައްޔާރީ ހާލަތުގައި ބޭތިއްބުމަށް ކަމަށް މީގެ ކުރިން މަބްރޫކު ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!