ޚަބަރު

އެމްއެސްއެސްގެ ބޯޓުތަކުގައި މިފްކޯއިން އެކްސްޕޯޓުކުރަން ފެށުމުން އެކްސްޕޯޓް ވަރަށް ބޮޑަށް އިތުރުވާނެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިފްކޯއާއި އެމްއެސްއެސްއާއެކު އެއްބަސްވުމުގައި ސޮއިކުރުން--

އެމްއެސްއެސްގެ ބޯޓުތަކުގައި މިފްކޯގެ އުފެއްދުންތައް އެކްސްޕޯޓުކުރަން ފެށުމުން އެކްސްޕޯޓް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން(އެމްއެސްއެސް)އިން ބުނެފި އެވެ.

Ads by MWSC

މިފްކޯގެ އުފެއްދުންތައް އެކްސްޕޯޓުކުރަން ފަށަން އެމްއެސްއެސްއާއެކު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން މިފްކޯއިން ބުނީ އެ އެއްބަސްވުމުގެ ސަބަބުން މީގެ ކުރިން މަސް އެކްސްޕޯޓް ކުރަމުން އައި ގޮތް ބަދަލުވެ، އެ ކަމަށް ދާ ހަރަދު ކުޑަވެ، މިފްކޯގެ ސްޓޯރޭޖް ދަތިތަކަށް ހައްލެއް ލިބި، އެހެން މާކެޓްތަކަށް ފަސޭހަކަމާއެކު މިފްކޯއަށް ވާސިލްވުމުގެ ފުރުސަތު ވެސް ހުޅުވިގެންދާނެ ކަމަށެވެ.

އަދި އެ ހިދުމަތް ފެށުމުން މީގެ ކުރިން ރީފަރ ކޮންޓެއިނަރ ދޯންޏަކަށް ލޯޑުކޮށްގެން ކޫއްޑޫ – މާލެ – ތައިލެންޑަށް އެކްސްޕޯޓް ކުރަމުން ގެންދިޔަ  އަގު ވެސް ކުޑަވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އެމްއެސްއެސްގެ ގްލޯބަލް ނެޓްވޯކް މެދުވެރިކޮށް، މިފްކޯއަށް އާ މާކެޓްތައް ހޯދުމުގެ ފުރުސަތު ފަހިވެ، ދިވެހި މަހުގެ އުފެއްދުންތަކަށް އިތުރު ކަސްޓަމަރުން ލިބިގެންދާނެކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެމްއެސްއެސްގެ ރީފާ ކޮންޓެއިނަރުތަކުގެ ސަބަބުން މިފްކޯއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ސްޓޯރޭޖް ސޮލިއުޝަންތައް ލިބި، މިފްކޯގެ އިންވެންޓްރީ ފަސޭހަކަމާއެކު ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ހިދުމަތާއެކު ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވެސް އެމްއެމްއެސްއިން ބުންޏެވެ.

Ads by Ooredoo