އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫން ހާވާޑް ޔުނިވާސިޓީއަށް ހަ މުވައްޒަފަކު ފޮނުވާ ތަމްރީނުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އުރީދޫން ވަނީ ހާވާޑް ޔުނިވާސިޓީއަށް ހަ މުވައްޒަފަކު ފޮނުވާ ތަމްރީނުކޮށްފައި / ފޮޓޯ:އުރީދޫ

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ދެ މުވައްޒަފުން އެމެރިކާގެ ހާވާޑް ޔުނިވާސިޓީއަށް ފޮނުވައި، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ހަ މުވައްޒަފުންނަށް ދުނިޔޭގެ ފެންވަރުގެ ތަމްރީނު ދީފި އެވެ.

Ads by STELCO

އުރީދޫ މޯލްޑިވްސްގެ ލީޑަޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމް ދުނިޔޭގެ އެންމެ މޮޅު ޔުނިވާސިޓީ، ހާވާޑް ޔުނިވާސިޓީ އާ ގުޅިގެން ކުރިއަށް ގެންދާކަން ވަނީ އިއުލާނުކޮށްފަ އެވެ.

އުރީދޫން ބުނީ 2021 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކުރިއަރުވައި ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ހުނަރާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެެއް ކަމަށެވެ. މިއީ މިހާތަނަށް މިފަދަ ޔުނިވާސިޓީއަކުން މުވައްޒަފުންނަށް ރާއްޖޭގައި ތަމްރީނު ފޯރުކޮށްދެވޭ ފުރަތަމަ ފަހަރެވެ.

ކޮންމެ އަހަރަކު ވެސް އުރީދޫގެ އުންމީދީ ދެ ލީޑަރުން މި އިންޓެންސިވް ޕްރޮގްރާމުން ގްރެޖުއޭޓްވެ، ކުންފުނީގެ ތެރޭގައި އިނޮވޭޝަނާއި ކުރިއެރުމަށް އަގުހުރި އިލްމުތަކެއް ގެނެސްދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި އިނީޝިއޭޓިވްގެ ސަބަބުން، ހުނަރުވެރިން ތަރުބިއްޔަތު ކުރުމަށާއި މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓް ކުރުމަށް ދެމިތިބޭނެ ކަމުގެ ޔަގީންކަން ލިބިގެންދާ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން އަދި ގްރޫޕް އެޗްއާރު އެންޑް ސަސްޓެއިނަބިލިޓީ އޮފިސަރު ފާތިމާ އަލް ކުވާރީ ވިދާޅުވީ އުރީދޫ ޓީމުގެ މުވައްޒަފުން ގްރެޖުއޭޓްވެ، ހާވާޑް ލީޑާޝިޕް ޕްރޮގްރާމުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނާ މެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އެ މުވައްޒަފުންގެ ވިސްނުންތަކަކީ ކުންފުނީގެ މުސްތަގުބަލު ރަމްޒުކޮށްދޭ، އަމިއްލަ ކުރިއެރުމާއި ލީޑަޝިޕް ޑިވެލޮޕްމަންޓަށްދޭ އަހައްމިއްޔަތުކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށެެވެ.

"އަޅުގަނޑުމެންގެ ހުރިހާ މާކެޓެއްގައި ހުނަރުވެރިކަން ތަރުބިއްޔަތުކޮށް، ލީޑަޝިޕް ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވޭ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި ޕްރޮގްރާމުގައި ކިޔެވި ސްޓާފުންގެ ފަރާތުން އިނޮވޭޝަނާއި އެކްސެލެންސްއަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރަން." ފާތިމާ ވިދާޅުވި އެވެ.

އުރީދޫން ވަނީ ހާވާޑް ޔުނިވާސިޓީއަށް ހަ މުވައްޒަފަކު ފޮނުވާ ތަމްރީނުކޮށްފައި / ފޮޓޯ:އުރީދޫ

އުރީދޫ މޯލްޑިވްސްގެ އެގްޒެކެޓިވް އޮފިސަރު ހާލިދު އަލްހަމާދީ ވިދާޅުވި ގޮތުގައި ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ލީޑާޝިޕާއި އުފެއްދުންތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މުހިންމު ތަނބެއް ކަމުގަ އެވެ. ދަސްވެނިންނާ މެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށާއި އެމީހުންގެ ކުރިއެރުން ރަމްޒުކޮށްދެނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ހިދުމަތް ފޯރުކޮށްދިނުމުގައި އާ މިންގަނޑުތަކެއް ކަނޑައެޅުމަށް އުރީދޫން ކުރާ މަސައްކަތް ކަމުގަ އެވެ.

"އުރީދޫ ތަރައްގީ ކުރަނީ މުވައްޒަފުން ކުރިއަރުވައިގެން. މި ޝަރަފުވެރި ޕްރޮގްރާމަކީ އަމިއްލަ އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ހިތްވަރު ލިބޭ ޓްރާންސްފޯމޭޓިވް އެކްސްޕީރިއަންސެއް،" އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަ އެޗްއާރް ފަޒްނާ މަންސޫރު ވިދާޅުވި އެވެ.

ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސްއަކީ އަންނަން އޮތް ޖީލުގެ ލީޑަރުން ތަރުބިއްޔަތު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ. ރާއްޖޭގައި މިފަދަ ފާހަގަކޮށްލެވޭ ފުރުސަތެއް ހޯދައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކަށް ވުމަކީ ފަހުރުވެރިވާ ކަމެއް ކަމުގައި އެ ކުންފުނިން ބުނެ އެވެ.

Ads by HDC