ޚަބަރު

މަސްތުވާތަކެތި އަޅާފައި ހުރި ވޭޕް ރާއްޖެ އެތެރެކުރަން އުޅެނިކޮށް މޭ މަހުވެސް އަތުލައިގެން: އިހުސާން

ޢާއިޝަތު ނުހާ ، ދެން އޮންލައިން

މަސްތުވާތަކެތި އަޅާފައި ހުރި ވޭޕް ރާއްޖެ އެތެރެކުރަން އުޅެނިކޮށް މިދިޔަ މޭ މަހުވެސް އަތުލައިގެންފައިވާ ކަމަށް މިނިސްޓަރު އޮފް ހޯމްލެންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

Ads by STELCO

ފޮޓޯތަކާއެކު އިހުސާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޭ 14 ވަނަ ދުވަހު ރައްޖެ އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓުނު ކެނެބިސް އަޅާފައިވާ ވޭޕް ކާޓްރޭޖެއް ކަމަށެވެ.

ސްކޫލްތަކުގެ ކިޔަވާ ކުދިންނަށް އެފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ވޭޕް ފްލޭވާ ނަމުގައި އެތެރެކުރަން އުޅުނު ކެނަބިސް ޝިޕްމަންޓެއް ރޭ ވެސް އަތުލައިގެންފައިވެ އެވެ. އެކަމާ ގުޅިގެން އިހުސާން ވިދާޅުވީ ވޭޕް އޮއިލް ނަމުގައި ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއް ކަސްޓަމުން ހިފަހައްޓާފައިވާ ކަމަށެވެ.

އިއްޔެ "އެކްސް" ގައި ކުރެއްވި ޓްވީޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ, ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން 2024 އިން ފެށިގެން މަނާ ކުރަން ނިންމާފައިވާ ކަމަށެވެ.