ޒުވާނުންގެ ހައްގުތައް މި ސަރުކާރުން ދަނީ ނިގުޅައިގަންނަމުން: ޝާހިދު

ޒުވާނުންގެ ހައްގުތައް މި ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން ޝާހިދު އެކްސްގައި ވިދާޅުވީ 2008 ވަނަ އަހަރު އަމަލުކުރަންފެށި ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އެމްޑީޕީ އިން އިސްނަގައި ވަކާލާތުކޮށް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިހާބުތަކުގައި ވޯޓު ދިނުމާއި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ލިބުނު ދުވަސް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވީ އެމްޑީޕީއަކީ އަބަދުވެސް ޒުވާނުންގެ ހައްގުތައް ކަށަވަރުކުރުމުގައި ދެގޮތެއް ނުވެ ދެމި އޮންނަ ޕާޓީއަކަށް ވާތީ ކަމަށެވެ.
އެހެން ނަމަވެސް ޒުވާނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު, 18 އަހަރު ފުރޭ ޒުވާނުންގެ ހައްގު މި ސަރުކާރުން ނިގުޅައިގަނެ ހަނިކުރަމުންގެންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އެކަމާ ދެކޮޅަށް އެންމެހާ ޒުވާނުންވެސް މިއަދު އަޑުފުލަންޖެހޭ. ޒުވާނުންގެ ދުވަހު އެންމެހާ ދިވެހި ޒުވާނުންވެސް އަޒުމު އާކުރަންވީ، ބުރަމަސަތްކަތާއި ގުރުބާނީއިން ހޯދި ހައްގުތައް ހިފެހެއްޓުމަށް" ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ޒުވާނުންނަށް އަރިސްކުރައްވައި ޝާހިދު އިތުރަށް ވިދާޅުވި އެވެ.
ޒުވާނުންގެ ހައްގުތައް މި ސަރުކާރުން ދަނީ ނިގުޅައިގަންނަމުންކަމަށް ޝާހިދު ވިދާޅުވި ނަމަވެސް ނިގުޅައިގަންނަމުންދަނީ ޒުވާނުންގެ ކޮން ހައްގުތަކެއް ކަމަށް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.
ﷲއަކުބަރު ޒުވާނުންގެ ޙައްގަކީ ވޭޕްކަމަށް ތިބުނަނީ ނުސީދާކޮށް ﷲ ޙަރާމްކުރެއްވި އެއްޗެއް ޙަލާލު ކުރަން ހާދަ ވަރެކޭ ދޯ ތިދައްކަނީ