ޖަރުމަނުވިލާތުން އިންޑިއާއާއެކު ގުޅުން ބަދަހިކުރަނީ ޗައިނާއަށް ބަރޯސާވުން ކުޑަކުރުމަށް

ޖަރުމަނުވިލާތުން ޗައިނާއަށް ކުރަމުންދާ އިޤްތިޞާދީ ބަރޯސާވުން ކުޑަކުރުމަށްޓަކައި އިންޑިއާއާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ފަށައިފިއެވެ. މިކަން ހާމަވެގެން ދިޔައީ ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލަފް ޝޯލްޒް އިންޑިއާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެއްގައެވެ.
ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލަފް ޝޯލްޒް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި ސަލާމަތީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި އިތުރުކުރުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ.
ޖަރުމަނުވިލާތުގެ ސަރުކާރުން ބުނި ގޮތުގައި، އިންޑިއާއަކީ އާބާދީގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް ޤައުމު ކަމަށްވުމާއެކު، އެ ޤައުމުގެ އިޤްތިޞާދީ ކުރިއެރުން އަވަސްވަމުން ދިއުމަކީ ޖަރުމަނުވިލާތަށް ލިބޭ ފުރުޞަތެކެވެ. އަދި މިގޮތުން އިންޑިއާއާއެކު ގުޅުން ބަދަހިކުރުމަކީ ޖަރުމަނުވިލާތުގެ އިޤްތިޞާދީ ސިޔާސަތުގެ މުހިންމު ބައެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.
މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލަފް ޝޯލްޒް އާއެކު ޖަރުމަނުވިލާތުގެ ވިޔަފާރިވެރިންގެ ވަފުދެއްވެސް ބައިވެރިވެފައިވެއެވެ. މީގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ޖަރުމަނުވިލާތުން މިފަދަ ފިޔަވަޔަވަޅެއް އަޅަމުންދަނީ ފނީ ފާއިތުވި އަހަރުތތަކުގައި ޗައިނާއަށް ކުރަމުންދިޔަ އިޤްތިޞާދީ ބަރޯސާވުން ކުޑަކުރުމަށްޓަކައެވެ. ޚާއްޞަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ކުރިމަތިވި ދަތިތަކާ ގުޅިގެން، ޖަރުމަނުވިލާތުން ވަނީ އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.