ފޭސްބުކް ބޭނުން ކުރާއިރު މާގިނައިން ޑޭޓާ ހުސްވޭތަ؟ މި އޮތީ ޙައްލު!

އިންޓަނެޓު އަގުބޮޑު ވާހަކަ އަހަރެމެން އަބަދުވެސް ދައްކަމުއެވެ. އަދި ހަމައެހާމެ ފަސޭހައިން ފޯނަށް އަޅާ ޑޭޓާ ކޮޅު ހުސްވުމަކީ ވެސް ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. ނަމަވެސް ބައެއް ކަހަލަ އެޕްތަކަކީ އެ އެޕްތަކުން ޑޭޓާ އާންމުކޮށް ބޭނުން ކުރާ މިންވަރު މަދުކުރެވޭ ގޮތަށް ފަރުވާ ކޮށްފައިވާ އެޕްތަކެވެ.
މިގޮތުން އެއް އެޕްއަކީ ދިވެހިންގެ ތެރޭގައި ވެސް އެންމެ މަގުބޫލު އަދި އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ފޭސްބުކެވެ.
ދުވާލު ހަތަރު ދަމު ފޭސްބުކު ސްކްރޯލް ކުރުމަކީ ގިނަ ބަޔަކު ،މިހާރު ދެވި ހިފާފައިވާ ކަމެކެވެ. މިގޮތަށް ފޭސްބުކު ބޭނުން ކުރުމުގައި ފޯނުން ޑޭޓާ ބޭނުން ކުރެވޭ މިންވަރު މަދުކުރުމަށް ފޭސްބުކު އެޕްގެ ސެޓިންގްސް އަށް ދާށެވެ. ކަނާތް ފަރާތުގައި އިންނަ ސެޓިންގްސް ބާ އަށް ފިއްތުމުން، 5 ވަނަ އަކަށް "ޑޭޓާ ސޭވާ" ފެންނާނެއެވެ.
"ޑޭޓާ ސޭވާ" އޮޕްޝަން ނެގުމަށްފަހު އެތަނުން ޑޭޓާ ސޭވިން އޮން ކޮށްލެވޭނެއެވެ.
މީގެ އިތުރުން ވެސް ސެޓިންގްސް އިން މީޑިއާ އެންޑް ކޮންޓެކްޓްސް ގެ އޮޓޯޕްލޭ މެނޫ އަށް ދިއުމަށްފަހު، އޮޓޯޕްލޭން ސެޓިން އޮފް ކޮށްލުމުން ވެސް ފޭސްބުކު ބޭނުން ކުރުމުގައި ބޭނުން ކުރެވޭ ޑޭޓާ މަދުވެގެންދާނެއެވެ.
ފޭސްބުކުގެ އިތުރުން ވެސް ފޯނުގެ ބައެއް އިތުރު އެޕްލިކޭޝަން ތަކުގައި ވެސް ޑޭޓާ ސޭވިން މޯޑު އޮން ކޮށްލެވޭނެއެވެ. އެގޮތުން އާންމުކޮށް ބޭނުން ކުރާ ދެ އެޕް ކަމަށްވާ އިންސްޓަގްރާމް އާއި ސްނެޕްޗެޓް ހިމެނެއެވެ.