ތިން ކެފޭއެއް ބަލައި ފާސްކޮށް ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އިމިގްރޭޝަނުން ރެއިޑެއްކޮށް ބިދޭސީންތަކެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އެކްސްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ވެސް މާލޭގައި ހުންނަ 3 ކެފޭއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ 5 ބިދޭސީ ފިރިހެނަކާއި އެއް އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް މާލެ އާއި ހުޅުމާލޭގައި ހިންގާ ރެއިޑްތަކުގެ އިތުރުން މާސް 2 އިންސްޕެކްޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިހާތަނަށް އެގޮތަށް އުޅެމުން އައި 4،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ފޮނުވާލާފަ އެވެ.
އިމިގްރޭޝަނުން ހިންގާ ރެއިޑްތަކުގައި ބޮޑަށް އިސްކަންދެމުން ދަނީ ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށެވެ. އަދި އެފަދަ އޮޕަޜޭޝަންތަކުގައި އެފަދަ ވިޔަފާރިތައް ހިންގާ ގިނަ ބިދޭސީންތަކެއް ދަނީ އަތުލައިގަންނަމުން ނެވެ.
އޭގެ އިތުރުން ރާއްޖޭގައި ހަށިވިއްކާ ބިދޭސީންވެސް ހޯދުމަށް އިމިގްރޭޝަނުން ދަނީ ރެއިޑްތައް ކުރަމުންނެވެ.