ޚަބަރު

ޔޫކޭގައި އުޅޭ ދިވެއްސަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެއްސެއް ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެެ.

ޔޫކޭގައި އުޅޭ ދިވެހި ޑޮކްޓަރަކު އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އޭނާގެ އަންހެނުންނެވެ. އޭނާ ބުނީ އޭނާ ވިދާޅުވީ މިދިއަ ދެ ހަފުތާގައި އޭނާ އުޅުނީ ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާކުރުމުގައި ކަމަށާއި އަންހެނުންނަށް ބަލި ޖެހިފައިވަނީ އޭނާގެ ކިބައިން ކަމަށް ޔަގީންވާ ކަމަށެވެ.

އަންހެނުން ފައްސިވީ މިދިޔަ އަންގާރަ ދުވަހު ރޯގާގެ އަލާމާތްތަކެއް ހުރުމުން ބައްޔަށް ޓެސްޓް ހެދުމުން ކަމަށާއި މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރު ބުންޏެވެ.

"މިހާރު މިއުޅެނީ ސެލްފް އައިސޮލޭޝަންގައި، ގޭގައި. އަހަރެންގެ ފަރާތުން ވެސް މިހާރު އެ ބަލީގެ އަލާމާތްތަށް ފެނޭ،" އޭނާ ލިޔެފައިވެ އެވެ.

ޑޮކްޓަރު ބުނީ އެ ދެމަފިރިން ހުރި ހަމައެކަނި ދަރިފުޅު ވެސް މި ބައްޔަށް މިހާރު ހުށަހެޅިފައިވާ ކަމަށާއި ނަމަވެސް ދަރިފުޅުގެ ހާލު އަދި ރަނގަޅު ކަމަށެވެ.

މީގެ އިތުރުން އޭނާގެ ފަރާތުން އެބަލި އެހެން ބަޔަކަށް ފެތުރުނަ ނުދިނުމަށް ވާޗުއަލް ޓެލެފޯން ކްލިނިކްސްއަށް ހުއްދައަށް އެދުމުން އެ ހުއްދަވެސް މިހާރު ލިބިފައިވާކަމަށް ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!