ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 5.9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ފުލުހުން ނައްތާލި މަސްތުވާތަކެެއްޗެއް/ ފޮޓޯ: ޕޮލިސް

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 5.9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

Ads by MWSC

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެ އެތެރެކުރަން އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އާއި ކެތިނޯން ކަމަށެވެ.

ކަސްޓަމްސްއިން ބުނީ 5.9 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 5520 ގްރާމްގެ ކެނެބިސް އާއި 416 ގްރާމްގެ ކެތިނޯން ކަމަށެވެ.

އެތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ކަސްޓަމުން ބުންޏެވެ.

މިދިޔަ މަހުގެ 5, 7 އަދި 15 ވަނަ ދުވަހުވެސް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. 5 ވަނަ ދުވަހު އަތުލައިގަތް ކޮކެއިންގެ ބަރުދަނުގައި 2.440 ކިލޯ ހުރިއިރު އެތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓަނޭޝަން އެއާޕޯޓުންނެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު އަތުލައިގެން ހެރޮއިންގެ ބަރުދަނުގައި 1.040 ކިލޯ ހުއްޓެވެ. އަދި އެ ތަކެތި އަތުލައިގަތީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅެނިކޮށެވެ.

އޭގެ އިތުރުން 15 ވަނަ ދުވަހު 2.05 ކިލޯގެ ހެރޮއިން އަތުލައިގެންފައިވެސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!