ޚަބަރު

އިންޑިއާއިން ހަދިޔާކުރި ކާޑުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކާޑުގެ ބާވަތްތަކުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް ގެނެސްފިއެވެ.

Ads by STELCO

އިންޑިއާގެ ސޫތުކުޅިން މިއަދު މާލެ އައި ބޯޓުން ގެނެސްފައިވަނީ 500 މެޓްރިކް ޓަނުގެ ހަކުރާއި 993 މެޓްރިކް ޓަނުގެ ހަނޑުލެވެ.

ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ބުނީ އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު ވަރަށް އަވަހަށް ރާއްޖެ ގެންނާނެކަމަށެވެ. މީގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ 5000 މެޓްރިކް ޓަނުގެ ސިމެންތި ވެސް ކުރު މުއްދަތެއްގައި ރާއްޖެއަށް އަންނާނެކަމަށް އިންޑިއަން ހައިކޮމިޝާނުން ވިދާޅުވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިންޑިޔާ މިހާރު އޮތީ ލޮކްޑައުންކޮށްފައެވެ. އެހެންނަމަވެސް އިންޑިއާ ސަރުކާރުން ވަނީ މި މުއްދަތުގައި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދަތިކަމެއްނެތި ލިބޭނެކަމަށް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!