Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19 އަށް ފައްސިވި އިތުރު ދެ މީހަކު ރަނގަޅު ވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ދެ މީހަކު ރަނގަޅު ވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުއާޒު މޫސާ ވިދާޅުވީ ކޮވިޑަށް ޓެސްޓު ކުރެވިގެން ޕޮސިޓިވް ވެފަ ތިބި ބަލިމީހުންގެ ތެރެއިން އިރާދަކުރެއްވީތީ މިއަދު އިތުރު ދެ މީހަކު ރަނގަޅުވެފައިވާ ކަމަށެވެ.

މި ބަލިން ރަނގަޅުވި ކަމަށް ބަލަނީ ދެ ފަހަރަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.

Advertisement
Ooredoo — Truecaller (box)

މި މީހާއާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި 16 މީހުންގެ ތެރެއިން، 11 މީހުން ވަނީ ރަނގަޅުވެފައެވެ. މި ބައްޔަށް މިހާރު ފަރުވާދެމުން އަންނަނީ ތިން މީހަކަށެވެ.

ބަލި ޖެހުނު މީހުންގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭއިރު، އޭނާއާއި ދެން މި ބައްޔަށް ފަރުވާ ހޯދަމުންދާ ބިދޭސީންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް