ދުނިޔެ

ގިނަ އަދަދެއްގެ ޑޮލަރާއި ރަންހުރި ދަބަހެއް ފެނުމުން ހަވާލު ކުރީ ފުލުހުންނާ: ތައުރީފް އޮހެނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދުބާއީ އިން ގިނަ އަދަދެއްގެ ޑޮލަރާއި ރަން ހުރި ދަބަހެއް ފެނުމުން އެ ދަބަސް ފުލުހުންނާ ހަވާލު ކުރި މީހަކަށް ދުބާއީގެ ފުލުުހުން ތައުރީފް ކޮށްފިއެވެ.

Ads by Sosun Fihaara

ދުބާއީގައި ދިރިއުޅޭ އިންޑިއާގެ ރަތޭޝް ޖޭމްސް ވަނީ 14،000 ޑޮލަރާއި އަދި 54،452 ޑޮލަރުގެ ރަން ހުރި ދަބަހެއް ފެނުމުން އެ ދަބަސް ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައެވެ. އެހެންކަމުން މި ދަބަހުގައި ހުރި ރަނާއެކު މި ދަބަހުގެ ޖުމުލަ އަގު 68،452 ޑޮލަރަށް އަރައެވެ.

މިދަބަސް ގެންގޮސް ދުބާއީގެ ފުލުހުންނާ ހަވާލުކުރުމުން ދުބާއީގެ ފުލުހުން ވަނީ މިމީހާއަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާގެ ތެދުވެރިކަމަށް ތައުރީފްކޮށްފައެވެ.

ހަމައެހެންމެ އަލް ގުއައިސިސްގެ ޑިރެކްޓަރ ބްރިގާޑިއާ ޔޫސެފް އަބްދުﷲ ސާލިމް ވަނީ ރަތޭޝްއަށް ހާއްސަ އިނާމެއްވެސް ދީފައި ކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ. އަދި ފުލުހުންނާއި އާންމުންނާ ދެމެދު އޮންނަންޖެހޭ ގުޅުމުގެ މުހިއްމުކަން ވެސް އޭނާ ވަނީ އަންގައިދީފައެވެ.

ރަތޭޝް ވަނީ އޭނާގެ އަގުވަޒަންކޮށް އިނާމު ދެއްވީތީ އެކަމަށް ދުބާއީގެ ފުލުހުންނަށް ޝުކުރު އަދާ ކޮށްފައެވެ. އަދި އެކަމާ ނުހަނު ފަޚުުރުވެރިވެ އުފާވާ ކަމުގައި ވެސް އޭނާ ބުންޏެވެ.

މި ދަބަހުގެ ވެރި ފަރާތެއް އަދި ހޯދިފައި ނުވާ ކަމުގައި ވެސް މީޑިއާ ރިޕޯތުތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!