ޑިމޮކްރަސީ ގޭބަންދެއް ނުވާނެ، މަޖިލިސް ކުރިއަށް ދާނެ: ނަޝީދު
ކޮވިޑް-19 އިން ރާއްކާތެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބާއްވާ ޖަލްސާތައް މެދު ކަނޑާލައި މެމްބަރުން ގޭގައި ތިއްބަވަން ޖެހުނު ނަމަވެސް، ޑިމޮކްރަސީ ގޭބަންދު ނުވާނެ ކަމަށާއި، ހުއްޓުމެއްނެތި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށްދާނެ ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19ގެ ނުރައްކަލާ ގުޅިގެން އެކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށެވެ.
މިގޮތަށް ބާއްވާ ފުރަތަމަ ޖަލްސާ މިއަދު 11:00 ގައި އޮންނައިރު، މި ޖަލްސާ ވެގެންދާނީ ދުނިޔޭގައި ވެސް އެންމެ ފުރަތަމަ އޮންލައިންކޮށް ބޭއްވޭ މަޖިލީހުގެ ޖަލްސާ އަށެވެ.
މިކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަހަރެމެން ގޭގައި ތިބެން މަޖުބޫރު ވިޔަސް، ޑިމޮކްރެސީ ގޭ ބަންދެއް ނުކުރެވޭނެ ކަމަށާއި ޖަލްސާތައް އޮންލައިން ކޮށް ނަމަވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
Even though we are confined to our homes, our democracy is not under house arrest. The work of the