އަނެއްކާވެސް ޖާބިރު ތަފާތުކަމެއް: މަޖިލިސް ޖަލްސާގައި ބައިވެރިވެވަޑައިގަތީ ބޮޑުމޮހިރާ އިން!
ކޮވިޑް-19އާ ގުޅިގެން ފުރަތަމަ ފަހަރަށް އޮންލައިން ކޮށް ބޭއްވި މަޖިލިސް ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ބޮޑުމޮރޮހާ ބީޗުން ބައިވެރިވެވަޑައިގަނެ ސަމާލުކަން ހޯއްދަވައިފިއެވެ.
ކޮވިޑް-19 ބަލިން ރައްކާތެރި ވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިދިޔަ ހަފުތާ މެދުކަނޑާލި ނަމަވެސް މިފަދަ ދަނޑިވަޅެއްގައި މަޖިލީހުގެ މަސައްކަތްތައް މުހިއްމު ކަމުގައިވާތީ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ މެންބަރުން ގޭގައި ތިއްބަވައިގެން ވެބް ކޮންފެރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށެވެ.
އެގޮތުން މިއަދު ބޭއްވި ޖަލްސާގައި 72 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއިރު، އެންމެ ތަފާތު ލޮކޭޝަން އަކުން ފެނުނީ އަބަދުވެސް ތަފާތު މިޒާޖެއް ގެންގުޅުއްވާ މެމްބަރު ޖާބިރެވެ.
ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަޒީރާ ވަންތަ ކޮންސެޕްޓް އަށް ރާއްޖެ ބަދަލުވާއިރު ލިބޭ ހިތްހަމަ ޖެހުމަކީ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާގައި ބޮޑުމޮހޮރާ ބީޗުން ޖަލްސާގައި ބައިވެރިވެ ވާހަކަ ދެއްކާ ކަން ކަމަށެވެ.
#Covid19 in rakkaatherive gaidhuruve thibumah alhugandu mihiry V.Bodumohora ga! Jazeeraavantha concept ah Raajje badhaluvaairu libey hiyhama jehumaky 2020 vana aharuge furathama dhauruge 21 vana Jalsaa gai Bodumohoraa Beach in jalsaagai baiverive vaahaka dhekkeykan. pic.twitter.com/bzHnvQu7Am
— Abdulla jabir (@chairmanjabir) March 30, 2020