ޚަބަރު

ލަންކާގައި އުޅޭ ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭ ގޮތަށް ހަމަޖައްސައިފި

ދެން އެމްވީ ، ދެން އޮންލައިން

ސްރީލަންކާގައި އުޅޭ ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފިއެވެ.

Ads by STELCO

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި އުޅޭ ދިވެހިންނަށް، އެމީހުންގެ އާއިލާތަކުން އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށާއި އެގޮތުން މިތަކެތި ލަންކާ އަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ޗާޓަރުކޮށްގެން ލަންކާ އަށް ދަތުރުކުރާ ކާގޯ ފްލައިޓެއްގައި ކަމަށެވެ.

މި ކަންކަމާ ގުޅޭ އިތުރު ތަފްސީލުތައް މާދަމާ ހާމަކުރާނެ ކަމަށާއި، މިކަމުގެ ސަބަބުން ލަންކާގައި އުޅޭ ދިވެހި އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ލަންކާގައި ފްލައިޓުތައް ޖެއްސުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، އޭގެ ސަބަބުން ލަންކާގައި އުޅޭ ދިވެހިންނަށް އެނބުރި ގައުމަށް އަންނަން ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!