މުދާ އެތެރެކުރާ ފަރާތްތަކަށް އެމްޕީއެލް އިން ލުއިތަކެއް ދޭން ނިންމައިފި
މުދާ އެތެރެކުރާ ފަރާތްތަކަށް ލުއިތަކެއް ދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މުދާ އެތެރެކުރާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް އެމްޕީއެލް އިން މިއަދު ނިންމާފައިވާ ކަމަށާއި، އެގޮތުން މާލެ އާއި ހުޅުމާލޭގައި ޑެމަރޭޖް ނަގާ ވަރު 20 ޕަސެންޓުުން ދަށްކޮށް، ކުޅުދުއްފުއްޓާއި، ހިތަދޫގައި ސްޓޯރޭޖްގެ ޑެމަރޭޖް 50 ޕަސެންޓް ދަށް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރު ހިލޭ މުދާ ބެހެއްޓޭ ދުވަސް، ދެ ދުވަހަށް އިތުރުކޮށް، ބޮންޑެޑް ވެއާހައުސްތަކުގެ ލައިސަންސް ފީން 50 ޕަސެންޓް ތިރިކޮށްދޭން ނިންމާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ...
Ads by Allied Insurance