ދުނިޔެ

“ހޫ ވޯންޓްސް ޓު ބީ އަ މިލިއަނަރ” ގެ ސުވާލަކަށް ޖަވާބު ހޯދަން ގުޅީ ލޯބިވާ އަނބިމީހާއަށް، ފޯނު ނެގީ ފިރިހެނެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) ގައި ބާއްވާ ހޫ ވޯންޓްސް ޓު ބީ އަ މިލިއަނާ” އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ މަޝްހޫރު ޝޯއެކެވެ. މި ޝޯގައި މީހަކު އެހީތެރިކަން ހޯދުމަށް އޭނާގެ ލޯބިވާ އަނބިމީހާއަށް ގުޅުމުން ފޯނަށް ޖަވާބުދާރީ ވީ ފިރިހެނެކެވެ.

Ads by Sosun Fihaara

ޖޭޕީ މޯރގަން ނަމަކަށް ކިޔާ މި މީހާއަކީ ސައިންސް ޓީޗަރެކެވެ. ނަމަވެސް އެ ރިއާލިޓީ ޝޯގައި އޭނައަށް ލިބުނު ސުވާލެއްގެ ސަބަބުން އޭނާއަށް އަށް ކުރިއަށް ދާން، އިތުރު މީހެއްގެ އެހީތެރިކަން ހޯދަން ލިބުނު ފުރުސަތުގައި އޭނާ ގުޅީ އޭނާގެ ލޯބިވާ އަންހެނުންނަށެވެ. އެހެންނަމަވެސް ފޯނު ނެގީ އޭނާގެ އަންހެނުންނެއް ނޫނެވެ. ފޯނު ނެގީ ފިރިހެނެކެވެ.

މޯރގަން އަށް ލިބުނު ސުވާލަކީ ޖަރުމަނު ވިލާތުގެ ބަހާއި ގުޅުން ހުރި ސުވާލެކެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނަގެ ލޯބިވާ އަންހެނުންނަކީ ގިނަ އަހަރުތަކެއް ޖަރުމަނުގައި ހޭދަކުރުމަށް ފަހު އައިސްފައިވާ އަންހެނެއް ކަމުން އޭނާ އަށް މީގެ ޖަވާބު ދިނުމުގައި އެއްވެސް ދަތިކަމެއް ދިމާ ނުވާނެކަމަށެވެ.

ޝޯގެ ހޮސްޓު މޯރގަން ގެ އެދުމުގެ މަތިން އޭނަގެ އަންހެނުންނަށް ގުޅިއެވެ. ފޯނު ކިރިޔާ ރިންގު ވުމާއެކު ފިރިހެނެއް ފޯނު ނެގުމަށް ފަހުސޮރީ ދެއާ ވޯޒް ނޯ ސާވިސްއޭ ބުނެ ފޯނު ކަނޑާލީއެވެ. މޯރގަން ގުޅީ ސުވާލެއްގެ ޖަވާބު ހޯދާށެވެ. ނަމަވެސް ބަދަލުގައި އުފެދުނީ އިތުރު ސުވާލު ތަކެކެވެ. ހިތަށް ވެރިވީ ނުތަނަވަސްވެރި ކަމެވެ.

ދެވަނަ ފަހަރަށް މޯރގަންގެ އެދުމުގެ މަތިން ހަމަ އެނަމްބަރަށް ގުޅާލިއެވެ. ނަމަވެސް މިފަހަރު ފޯނު ނެގީ އޭނަގެ އަންހެނުންނެވެ. ފޯނު ނެގުމުން މޯރގަން ޝޯގެ ސުވާލު އެއްފަރާތުގައި ބޭންދުމަށްފަހު އެހީ އެވަގުތު އެލިޒަބެތު( މޯރގަންގެ އަންހެނުން) ހުރީ އެކަނިތޯ އެވެ. ވަރަށް ޖެހިލުންވެ ހުރެ އޭނާ އާނއެކޭ ބުންޏެވެ.

އެހެން ބުނުމާއިއެކު މޯރގަން ގެ މޫނު މަތިން ނުތަނަވަސްކަން ރީއްޗަށް ފެންނަން ހުއްޓެވެ. ނަމަވެސް އެ ނުތަނަވަސް ކަމާއިއެކު ވެސް މޯރގަން ޝޯގެ ސުވާލު އެހިއެވެ. ޖަވާބުގައި އޭނަ އަންހެނުން ބުނީ އޭނާއަށް ޖަވާބާއި ދޭތެރޭ ޔަގީންކަން އޮތީ އެންމެ 80 އިންސައްތަ ކަމަށާއި، އަދި އެކަމަށް މަޢާފަށް އެދޭ ކަމަށެވެ.

ފޯނު ބޭއްވުމުން ޝޯ ހުށައަޅާ ހޯސްޓް ބުނީ އޭނާ މަޢާފަށް އެދުނީ 80 އިންސައްތަ ޔަގީންކަން ދެވުނީމަތޯއެވެ. 80 އިންސައްތަ އަކީ ފުދޭވަރަކަށް ރަނގަޅު ޔަގީންކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ހަގީގަތުގައި މިފޯނު ނެގީ ފިރިހެނެއް ނޫނެވެ. އެއީ ފޯނުން ގުޅާ މީހާއަށް އޮޓަމެޓިކުން ފޮނުވާލެވޭ މެސެޖެކެވެ. ކަންދިމާކުރި ގޮތުން އޭނަ އެވަގުތު ހުރީ އެކަނި ނޫން ކަމުން އޭނާ ގާތު އެކަނިތޯ އެހި ސުވާލުގެ ޖަވާބުގައި އޭނާ ނޫންކަމަށް ބުނީއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!