އާޓިފިޝަލް ބީޗު މާރާމާރީީގައި އިސްކޮށް އުޅުނު ބިދޭސީ މީހާ ޑީޕޯޓްކޮށްލަނީ

މި މަހުގެ ހަވަނަ ދުވަހު އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ އަތުލައިގެންފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްްސްގައި ބުނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިހާރު ގެެނެސްފައިވާ ކަމަށެވެ.
އަދި އެ މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އިމިގްރޭޝަންއިން ބުނެފައި ވެއެވެ.
އެ މައްސަލަގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައީ އަމްރިތު ސިންގް(25އ) އެވެ.
އެ މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެސް ވެފަ އެވެ. އެ ސަރަަހައްދުގައި ތިބި ބައެއް މީހުން ބުނެފައިވާ ގޮތުގައި މާރާމާރީ ހިނގާފައި ވަނީ ބިދޭސީންތަކެއްގެ މެދުގަ އެވެ. އެވަގުތު ގިނަ ބަޔަކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައިރު، މާރާމާރީގައި ކުޑަކުއްޖަކަށް ވެސް އަނިޔާވެފައިވާ ކަމަށްވެ އެވެ.
އެ މާރާމާރީ ހިންގި ބިދޭސީންގެ މައްސަލަ ބަލައި އެކަމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އެ ދުވަހު އޮތީ ދެއްވައިފަ އެވެ.