ޚަބަރު

ޔަޝްފާ ފުލުހަށް ހާޒިރުނުކުރަން ނިންމައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އިދިކޮޅު އެމްޑީޕީން ބޭއްވި ޖަލްސާ އެއްގައި ދެއްކި ވާހަކައަކާއި ގުޅިގެން ރ. ދުވަފާރުގެ އެމްޑީޕީ ކައުންސިލަރު މަރިޔަމް ޔަޝްފާ ފުލުހަށް ހާޒިރުނުކުރަން ނިންމައިފި އެވެ.

Ads by MWSC

ރަޝްފާ، ފުލުހަށް ހާޒިރުވާން އެންގީ އެމްޑީޕީން ދަނޑިކޮށި ޖަގަހައިގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒަށް ނުރައްކާވާފަދަ ގޮތަކަށް އަމަލުކުރަން ގޮވާލާފައިވާ ކަމަށް ބުނާ މައްސަލާގަ އެވެ.

ހާޒިރުވާން އަންގާފައި އޮތީ މާދަމާ 10:30 އަށް ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓަށެވެ.

ނަމަވެސް ފުލުހަށް ހާޒިރުވާން ނުޖެހޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް "ދެން" އާ ވާހަކަ ދައްކަމުން ޔަޝްފާ ވިދާޅުވި އެވެ.

"ޗިޓް ކެންސަލް ކުރީ، ހާޒިރުވުން ކެންސަލްކުރިކަމަށް އަޅުގަނޑަށް ގުޅާފައި އަންގައިފި" ޔަޝްފާ ވިދާޅުވި އެވެ.

ދަނޑިކޮށި ޖަގަހައިގައި ޔަޝްފާ ވަނީ ދުވާފަރުގައި  ކުރިއަށް ދިޔަ މަޝްރޫއުތައް ހުއްޓިފައި ހުރި ވާހަކައާއި އެ މަސައްކަތްތައް ނުފެށި ލަސްވާ ވާހަކައިގެ އިތުރުން ބައެއް މަސައްކަތްތައް އުނިކޮށްފައި ހުރިކަން ފާހަގަކުރައްވައިފަ އެވެ.

އަދި އެ ޖަގަހައިގައި ރައިވަރެއް ވިދާޅުވި އިރި މި މަހުގެ 10 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި ވެސް ޔަޝްފާ ރައިވަރެއް ވިދާޅުވި އެވެ. އަދި ރައިވަރު މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުުރުވަމުން ނެވެ.

ބިރުވެރިކަން އުފެދޭގޮތަށް އެކްސްގައި  ޕޯސްޓެއް ކުރިކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓް, ހުސައިން ޝާފިއު (ތުއްތު) ވެސް މި މަހުގެ އެއްވަނަ ދުވަހު ފުލުހަށް ހާޒިރުކުރި އެވެ.

Ads by HDC
  1. ޒަރީރު

    މީ ފުލުހަށް ހާޟިރުކުރަންޖެހޭ މީހެއް. އާންމު ތަންތާގަ ހަޑިހުތުރު ބަސް ބޭނުމެއް ނުކުރެވޭނެ. މަގޭ ދަރިންވެސް ގޭތެރޭގަ މިހާރު އެލަވަކިޔާ. ހަގީގަތުގަ އޭގެ މާނަ އެކުދިންނަކަށް ނޭނގޭ