ޚަބަރު

ތިން ވަނަ ދިވެއްސަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ތިން ވަނަ ދިވެއްސަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ފައްސި ވެފައިވާ ކަމަށެވެ.

ވައިރަހަށް ފައްސިވި އެ މީހާ އަކީ އިނގިރޭސި ވިލާތުން އެނބުރި އައި މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ،

މިއީ މި ބައްޔަށް ރާއްޖެއިން ފައްސިވި ތިންވަނަ ދިވެހި މީހާއެވެ. މީގެކުުރިން މި ބައްޔަށް ޕޮޒިޓިވްވި ދެ ދިވެހިންނަކީ ވެސް އިނގިރޭސިވިލާތުން އެނބުރި އައި ދެ މީހުންނެވެ.

މި މީހާއާއެކު ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 18 އަށް އަރާފައެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބޭރު އެންމެން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ ތިން ދިވެހިންނަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!