ދުނިޔެ

ޗައިނާގެ ޒުވާނުންގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ތިން މަސް ވަންދެން ދަށަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ސްޓެޓިސްޓިކްސް ބިއުރޯއިން އިއްޔެ ހާމަކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އެ ޤައުމުގެ 16 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ވިދިވިދިގެން ތިން މަސް ވަންދެން ދަށަށް ގޮސްފައިވާކަން އެނގިއްޖެއެވެ.

Ads by WAMCO

ނޮވެމްބަރ މަހު މި ނިސްބަތް ހުރީ 14.9 އިންސައްތައިގައެވެ. މިއީ އޮކްޓޯބަރ މަހާ އަޅާބަލާއިރު 0.4 ޕޮއިންޓް ދަށް އަދަދެކެވެ. އަދި ޖުލައި މަހު ރެކޯޑު ކުރެވުނު 21.3 އިންސައްތައާ އަޅާބަލާއިރު ވެސް މިއީ ފާހަގަކޮށްލެވޭ ވަރުގެ ދަށް އަދަދެކެވެ.

ޗައިނާގެ ސަރުކާރުން ވަނީ ޒުވާނުންގެ ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް އެކި ފިޔަވަޅުތައް އަޅަން ފަށާފައެވެ. މީގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމާއި، ވަޒީފާ ހޯދުމަށް އުނދަގޫވެފައިވާ ފަރާތްތަކަށް ޚާއްޞަ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ޗައިނާގެ އިޤްތިޞާދީ މާހިރުން ދެކޭގޮތުގައި، މި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް އަހަރު ޒުވާނުންގެ ވަޒީފާގެ ހާލަތު އިތުރަށް ރަނގަޅުވާނެއެވެ. ނަމަވެސް، ޤައުމުގެ އިޤްތިޞާދީ ދުވެލި މަޑުޖެހިފައިވާތީ، ވަޒީފާގެ ބާޒާރުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

Ads by HDC