ޚަބަރު

އިންޑިއާއިން ނުގެނެވިހުރި ބޭހުގެ ބާވަތްތައް ބުރާސްފަތި ދުވަހު ރާއްޖެ ގެންނަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ނުގެނެވިހުރި ބޭހުގެ ބާވަތްތައް ބުރާސްފަތި ދުވަހު ރާއްޖެ ގެންނާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

Ads by Sosun Fihaara

ފޮރިން މިނިސްޓްރީން ބުނީ މާދަމާގެ ވަގުތެއްގައި އިންޑިއަން އެއާފޯސްގެ މަތިންދާބޯޓެއްގައި އިންޑިއާގެ ނިއުދިއްލީ، މުމްބާއީ، ޗެންނާއީ އަދި މަދޫރާއީގައި ހުރި 8 ޓަނުގެ ބޭސް ރާއްޖެ ގެނައުމަށް އެއްތަނަކަށް ގެންދާނެކަމަށެވެ. މިއީ އެސްޓީއޯއިން އޯޑަރުކޮށްފައިވާ ބޭހުގެ ޝިޕްމަންޓަކެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުން އަކަށް ދިޔުމާ ގުޅިގެން ރާއްޖެއަށް ގެންނަން ތައްޔާރުކޮށްފައިވާ ބޭހުގެ ޝިޕްމަންޓްތައް ރާއްޖެ ނުގެނެވި ހުރުމާ ގުޅިގެން އެތަކެތި ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު ބޭސްތައް ހުރި ސިޓީތަކުން އެއްތަނަކަށް ގެންގޮސް، އެތަކެތި ރާއްޖެ ގެނައުމަށް ރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ، އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ ތިން މަސްދުވަހުގެ ސްޓޮކެއް ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ދީފައިވެއެވެ. އަދި ލޮކްޑައުން ހާލަތާ ގުޅިގެން ކާޑުގެ ބައެއް ބާވަތްތައް ގެނައުމަށް ދިމާވި ދަތިތައްވެސް ހައްލުކޮށް، ކާޑުގެ ޝިޕްމަންޓްތައް ވަނީ ރާއްޖެ ގެނެސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!