ޝިޔާމްގެ ފާރުން ފެންނަ ރައީސް ޔާމީންގެ ޕޯސްޓަރު ފުސްކުރަން އަންގައިފި
ކުރީގެ ރައީސް އިބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ ފާރުގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތައް ފުސް ކުރުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް މަޖިލީހުގެ އިދާރާއިން އަންގައިފި އެވެ.
ވެބް ކޮންފެރެންސް މެދުވެރިކޮށް ކުރިއަށްދާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އެޖެންޑާ ކޮށްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ދަށްވުމާ ގުޅިގެން ސަރުކާރުން ތައާރަފު ކުރި އިކޮނޮމިކް ޕެކޭޖް އުފެއްދުންތެރިކަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ވާހަކަދައްކަވަން ފެއްޓެވިއިރު، ފަހަތުގައި ކޮރޯނާ ވައިރަހާއި ގުޅޭ ލިޔުންތަކަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ ލިޔުންތަކެއް ފެންނަންހުއްޓެވެ.
އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ވާހަކަ ހުއްޓުވައި ފަހަތުން ފެންނަ މަންޒަރު ފުސްކުރުމަށް މަޖިލީހުގެ އިދާރީ މުވައްޒަފުން އެދޭކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މެންބަރަކު ވާހަކަ ދައްކަވާއިރު އެއްވެސް ޝިއާރެއް ފެންނަ ގޮތަށް ނުތިބެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާން ކުރެ އެވެ. އެހެންކަމުން ބެކްގްރައުންޑް ބްލާ ކުރުމަށް ކައުންސިލަ ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށާއި ބެކްގްރައުންޑް ބްލާ ކުރުމުން ބަހުސް ކުރިއަށް ގެންދަވަން ފުރުސަތު އަރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އެންގެވުމަށް ޝިޔާމް ވަނީ ބެކްގްރައުންޑް ބްލާ ކޮށްފަ އެވެ.