އިންޑިއާގެ އަމިއްލަ ސެޓެލައިޓް ކޮންސްޓެލޭޝަނަށް 30 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފި

އިންޑިއާގެ އަމިއްލަ ސެޓެލައިޓް ކޮންސްޓެލޭޝަނެއް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް 30 ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ އިންޑިއާގެ ސަރަޙައްދީ ބޯޑަރުތަކުގައި ހަރަކާތްތެރިވާ ބޭރުގެ ސެޓެލައިޓްތަކަށް ބަރޯސާވުން ކުޑަކުރުމެވެ.
އިންޑިއާގެ ބޭރުގެ ކަންކަމާބެހޭ މިނިސްޓްރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓުގެ ސެކްރެޓަރީ، ޑރ. އަބްހޭ ކަރަންދިކަރ ވިދާޅުވީ މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އިންޑިއާގެ އެންމެ ބޮޑެތި ކުންފުނިތަކާއި ސްޓާޓްއަޕްތައް ހިމެނޭ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އިންޑިއާއިން ގަސްދުކުރަނީ 2030 ވަނަ އަހަރާ ހަމައަށް 30 އިން 50 އަށް ސެޓެލައިޓް ދޫކުރުމެވެ. މިއީ އެ ޤައުމުގެ ސަލާމަތީުމުގެ ސަލާމަތީ އަދި އިޤްތިޞާދީ ބޭނުންތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
އިންޑިއާގެ ސަރުކާރުން މި މަޝްރޫޢަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރެވެއެވެ. އެގޮތުން، ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރުކުރުމަށް އެކި ފަސޭހަތައް ދިނުމަށް ރޭވިފައިވާ ކަމަށް ޑރ. ކަރަންދިކަރ ވިދާޅުވިއެވެ.
މި މަޝްރޫޢު ކާމިޔާބުވުމުން، އިންޑިއާއަށް އޭގެ އަމިއްލަ ސެޓެލައިޓް ކޮންސްޓެލޭޝަނެއް ލިބި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ޓެކްނޮލޮޖީގެ ރޮނގުން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.