ޚަބަރު

ޝަހީމްގެ ގުރްއާން ޗެލެންޖްގައި އަދުރޭވެސް ބައިވެެރިވެއްޖެ

ދެން އެމްވީ

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ޤުރުއާން ކިޔެވުމުގެ ޗެލެންޖުގައި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ބައިވެރިވެ ވަޑައިގެންފިއެވެ.

ދީނީ އިލްމުވެރިޔާ ޝަހީމް އޭނާގެ ފޭސްބުކް ޕޭޖްގައި ހިއްސާ ކުރެއްވި އަބްދުއްރަހީމް އަބްދުﷲ ވީޑިއޯއަކުން ފެނިގެންދަނީ ޝަހީމްގެ ގްރުއާން ޗެލެންޖް ގަބޫލުކޮށް އަދުރޭ ގުރުއާން ކިޔަވައި، އެޗެލެންޖްގައި ބައިވެރިވެވަޑައިގަންނަވާ މަންޒަރެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ މުޅި ގުރްއާން ކިޔަވައި ނިންމުމުގެ ޗެލެންޖް ފުރިހަމަ ކުރުމަށް އާންމުންނަށް ގޮވާލާފައެވެ.

"އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމްކުރުން ފެށުނީއެވެ. މީގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށްބައިވެރިވެވޭނެއެވެ. ޓުވިޓަރ، އެފްބީ، އިންސްޓްގްރާމް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ. އަޅުގަނޑު ފަށައިފިން." ޝަހީމް ވިދާޅުވިއެވެ.

ޑރ ޝަހީމްގެ ގްރުއާން ޗެލެންޖްގައި ވަނީ ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔާ މުފްތީ މެންކްވެސް ބައިވެރިވެވަޑައިގަންފައެވެ. އަދި މި ޗެލެންޖްގައި ގިނަ އަަދަދެއްގެ ދިވެހިންވެސް ދަނީ ބައިވެރިވަމުންނެވެ.

President of PNC and Former MP Abduraheem Abdulla,(Adhurey) L. Fonadhoo accepted the Quran recitation initiated by Dr....

Posted by Dr. Mohamed Shaheem Ali Saeed on Tuesday, March 31, 2020

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!