Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގެސްޓް ހައުސްތަކަށް ފަތުރުވެރިން ގެނައުން މުއްދަތެއް ނެތްގޮތަށް ހުއްޓާލަން އަންގައިފި

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފިއެވެ.

ގެސްޓު ހައުސްތަކަށާއި ސިޓީ ހޮޓާތަކަށް ފަތުރުވެރިން ގެނައުން މަނާކުރަން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހު ނިންމީ ދެ ހަފްތާގެ މުއްދަތަކަށް އެގޮތަށް އަމަލުކުރުމަށެވެ.

ނަމަވެސް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވި އެންގުމުގައި ވަނީ މިރޭ 18:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ފަތުރުވެރިން ގެނައުން ހުއްޓާލަން އަންގާފައެވެ.

Advertisement
Ooredoo — Truecaller (box)

ނަމަވެސް ނަމަވެސް މިހާރު މި ތަންތަނަށް ޗެކިންވެފައިވާ ފަތުރުވެރިންނަށް ބުކިން ހަދާފައިވާ މުއްދަތަށް އެތަންތަނުގައި ތިބުމުގައި ހުރަހެއް ނެތް ކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ.

މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމަ އަށް އަމަލު ކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެންމެހައި ފަރާތްތަކަށް ވަނީ އަންގާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް