މުނިފޫހިފިލުވުން

ކާޑި ބީ އަށް ކާޑި ބީ ކިޔަނީ ކީއްވެ؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކާޑީ ބީ އަކީ ހިޕްހޮޕް ދުނިޔޭގައި އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އޭނާގެ ލަވަތަކުގެ ޖާދޫގައި އެތައް ބަޔަކު ޖެއްސި ކުޅަދާނަ ރެޕް ލަވަކިޔުންތެރިއެކެވެ.

Ads by MWSC

2015 ވަނަ އަހަރު ވަނަ އަހަރު ބޫމްބޫމް ލަވައިން މި އިންޑަސްޓްރީ އަށް ނިކުތް ކާޑީ ބީ އަކީ ވެސް މަޝްހޫރު ގިނަ އެހެން ތަރިންނެކޭ އެއްފަދައިން ނަން ބަދަލުކުރި ތަރިއެކެވެ. އެގޮތުން ކާޑީ ބީ ގެ އަސްލު ނަމަކީ އަރަބި މާނައެއް އެކުލެވޭ ސްޕެނިޝް ނަމެއް ކަމަށްވާ ބެލްކާސިލް އަލްމާންޒަރް އެވެ.

ކާޑީ ބީ އޭނާގެ ސްޓޭޖު ނަމެއްގެ ގޮތުގައި ކާޑީ ބީ ހިޔާރު ކުރީ ކީއްވެތޯ ވަރަށް ގިނަ ބަޔަކު ސުވާލުކުރެއެވެ.

ކާޑީ ބީ މީގެ ކުރިން ބުނެފައިވާ ގޮތުގައި ކާޑީ ބީ މި ނަން އައިސްފައިވަނީ "ބާކާޑީ" މި ނަމުންނެވެ. އެއީ ރަމް ބްރޭންޑެއްގެ އިތުރުން ކާޑީބީ ގެ ރައްޓެހިން އޭނާ އަށް ކުރިން ކިޔައި އުޅުނު ވަ ނަން ކަމުގައި ކާޑީ ބީ ބުނެފައިވެއެވެ.

ގްރެމީ އާއި ޝަރަފުވެރި މިއުޒިކް އެތައް އެވޯޑެއް ކުރު މުއްދަތެއްގެ ތެރޭގައި ހާސިލުކޮށްފައިވާ 27 އަހަރުގެ ކާޑީބީ އަކީ ރެޕް މިއުޒިކްގެ ދުނިޔެ ދުށް އެންމެ ކާމިޔާބު އަދި އެންމެ ނުފޫޒުގަދަ އަންހެން އާޓިސްޓުންގެ ތެރޭގައި ފޯބްސް އިން ހިމަނާފައިވާ ޝަހުސިއްޔަތެކެވެ.

ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ "އިންޓަނެޓް ސެލެބްރިޓީ" އަކަށް ވުމަށް ފަހު ލިބުނު މަޝްހޫރުކަމާ އެކު ގޮސް ރެޕް އާޓިސްޓެއްގެ ގޮތުގައި ތޮށިގަނޑު ފަޅާލާފައި ކާޑީ ބީ ނުކުތީ 2018 ވަނަ އަހަރު ނެރުނު އަލަތު އަލްބަމް "އިންވޭޝަން އޮފް ޕްރައިވެސީ" އިންނެވެ. ރިކޯޑްތައް މުގުރި އެ އަލްބަމަށް އެފަހަރު "އެންމެ މޮޅު ރެޕް އަލްބަމް" ގެ ގްރެމީ އެވޯޑް ލިބުނުއިރު އޭނާ ވެފައި ވަނީ ސޯލޯ އާޓިސްޓެއްގެ ގޮތުގައި އެ ޝަރަފު ހޯދި ހަމައެކަނި އަންހެން އާޓިސްޓަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!