މާލޭ ގެއެއްގެ ރެނދުއަޅައި އަޑިއަށް ދާތީ މީހުން ހުސްކުރަނީ

މާލޭ ގެއެއްގައި ރެނދުއަޅައި އަޑިއަށް ދާތީ މީހުން ހުސްކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ މ. ކެރިންލައިޓް އިމާރާތް ކުރަމުން ދިޔައިރު ޝީޓް ޕައިލްނުކޮށް ހުރުމުގެ ސަބަބުން ޖެހިގެން ހުރިގެ މ. ލަކީ ހެވަންގެ ރެނދު އަޅައި އަޑިއަށްދާތީ އެ ގެއިން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކައުންސިލް މީޑިއާ އޮފިޝަލް ވިދާޅުވީ އެ ގޭގައި 4 ކޮޓަރިން 4 އާއިލާ އާއި 18 އަހަރުން ދަށުގެ 3 ކުދިންނާ 6 މީހުން އެބަތިބި ކަމަށެވެ. ދެ ބައެއްގައި ބޭރު މީހުންތަކެއް ކުއްޔަށް އުޅޭ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.