ޚަބަރު

ކުލި ނުދެއްކިގެން މަގުމަތި ނުވަނީސް ރަށަށް ބަދަލުވޭ: އީސާ

ދެން އެމްވީ ، ދެން އޮންލައިން

މާލެ އަދި ހުޅުމާލޭގައި ކުއްޔަށް ދިރިއުޅެމުންދާ ރައްޔިތުން ކުލި ނުދެއްކިގެން މަގުމަތި ނުވަނީސް، އެމީހަކު އަމިއްލަ ރަށަށް ދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އިލްތިމާސް ކުރައްވައިފިއެވެ.

Ads by MWSC

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މެމްބަރު އީސާ ވިދާޅުވީ، ހާލުގައި ޖެހި އާއިލާ ނުބެލޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ފަރުދީ ޒިންމާ އަދާކޮށް އަމިއްލަ ރަށަށް ބަދަލުވާން ޖެހޭ ކަމަށެވެ. އީސާ އިތުރަށް ވިދާޅުވީ، ކުއްޔަށް އެޕާޓްމެންޓް ދޭ ބައެއް ތަންތަނުގެ ވެރިން ކުލި ކުޑަކޮށްދިން ނަމަވެސް އަދިވެސް ބައެއް މީހުންނަށް ކުލި ދެއްކުމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ތިބެގެން ނުވާނެ މަގުމަތިވަންދެން. ބަނޑަށް ޖެހެންދެން. އަޅުގަނޑުމެން ފަރުދީ ޒިންމާއެއް ގޮތުގައި ދެކެންޖެހޭ. ތިމާމީހާއަށް ލިބޭ އާމްދަނީއާއި ތިމާ ކުރަންޖެހޭ ހަރަދާއި ނުބައްދަލު ދިރުއުޅުމުގައި ހުރި ކަންކަން ދޫކޮށްލަންވީ،" އީސަ ވިދާޅުވިއެވެ.

މުޅި ދުނިޔޭގައި ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން ގެނައުން ވަގުތީ ގޮތުން ހުއްޓާލުމުގެ ސަބަބުން އިގްތިސާދު ވަނީ ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!