ޚަބަރު

ބަޖެޓުން 12 ބިލިއަން ރުފިޔާ ޑެފިސިޓް ވެދާނެ ކަމަށް ލަފާކުރެވޭ: އަމީރު

ދެން އެމްވީ ، ދެން އޮންލައިން

މި އަހަރުގެ ދައުލަތުގެ ބަޖެޓުން 12 ބިލިއަން ރުފިޔާ ޑެފިސިޓް ވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކުރިން ހީކުރި ގޮތާއި ޚިލާފަށް އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރާނެކަމަށް މިހާރު ލަފާކުރެވޭކަމަށާއި މިހާލަތަކީ އެއްވެސް ވަރަކަށް އަންދާޒާކުރެވުނުވެސް ހާލަތަކަށްނުވާތީ މިކަމުން އަރައިގަތުމަށް ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުން 12 ބިލިޔަން ރުފިޔާ ދަރަންޏަށް ވާނެކަމަށް މިހާރު ލަފާކުރެވޭކަމަށާއި މީގެ އިތުރުން ޤައުމީ އުފެއްދުންތެރިކަން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު 5.7 ޕަސެންޓު ދައްވާނެކަމަށެވެ.

މިހާރު ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތުންނާއި، ރާއްޖޭގެ ފަތުރުވެރިކަން އަންދާޒާ ކުރެވޭގޮތަށް ލަފާކޮށް މިއަހަރުގެ ތެރޭގައި ރާއްޖެއަށް އަންނާނެ ކަމަށް ކުރިން ލަފާކޮށްފައިވާ ފަތުރުވެރިންގެ ޢަދަދު ފައިތުވެދިޔަ އަހަރާއި އަޅާބަލާއިދު 37 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ ޢަދަދަކަށް ދަށަށް ދާނެކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"މިހާލަތުގައި ސަރުކާރުން ވަނީ ދައުލަތުން ކުރަމުންދާ ޚަރަދުތަކުގެ ތެރެއިން އެއް ބިލިޔަން ރުފިޔާ އުނިކޮށް ޚަރަދުކުދަކުރުމަށް ރާއްވަވާފަ، މިކަމުގެ އެންމެބޮޑު ބޭނުމަކީ އިޤްތިޞާދީ ގޮތުން ކުރިމަތިވާ ދަތިތަކުން އަރައިގަނެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުނަނުދީ ހިންގުން." އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕީއެސްއައިޕީގެ އެއްވެސް މަޝްރޫޢެއް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުންވަނީ ނިންމާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!