ބަލްޓިސްތާނުގައި ކަރަންޓުގެ ހާލަތު ގޯސްވަމުންދާތީ ކަންބޮޑުވުން އުފެދިއްޖެ

ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ގިލްގިޓް ބަލްޓިސްތާނުގައި ކަރަންޓުގެ ހާލަތު ގޯސްވަމުންދާތީ އެކަމާ ކަންބޮޑުވުން އުފެދިއްޖެ ކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.
މި ސަރަހައްދުގައި ފިނި މޫސުން ގަދަވަމުން އަންނަ ދަނޑިވަޅެއްގައި ދުވާލަކު 18-20 ގަޑިއަރު ވަންދެން ކަރަންޓު ނުލިބުމުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންދަނީ ޕާކިސްތާނުގެ ސަރުކާރަށް ތުހުމަތުކުރަމުންނެވެ. އަދި މި ސަރަހައްދުގެ ކަރަންޓުގެ ހާލަތު މިހާ ގޯސްވެފައިވަނީ ޕާކިސްތާން ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއް ނުދޭތީ ކަމަށް ރައްޔިތުން ބުނެ އެވެ. އަދި މި ސަރަހައްދުގެ ކަރަންޓުގެ ވިއުގަ ރަނގަޅު ކުރުމަށް އެކަށީގެންވާ އިންވެސްޓްމަންޓެއް ނުކުރާ ކަމަށްވެސް ރައްޔިތުން ފާހަގަކުރެ އެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ރައްޔިތުން ގޮވާލާފައިވެ އެވެ. އަދި މި ސަރަހައްދުގެ ރައްޔިތުންގެ އަސާސީ ހައްގުތަކަށް ރައްކާތެރިވުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ގޮވާލާފައިވެ އެވެ.