ޚަބަރު

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބް އަވަހާރަވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބް ހަސަން ޒަކަރިއްޔާ އަވަހާރަވެއްޖެ އެވެ.

Ads by Hajj Corporation

އެނގިފައިވާ ގޮތުން ޝުއައިބު އަވަހާރަވީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

އުމުރުން 55 އަހަރުގައި ޝުއައިބު އަވާހަރަވީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާގެ ކަށު ނަމާދު އޮންނާނީ މިރޭ 11 ޖަހާއިރު އާ ސަހަރާގަ އެވެ.

ހައި ކޯޓުގައި 11 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ޝުއައިބު ރިޓަޔާ ކުރެއްވީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯވެސް ހައްދަވައިފައިވާ ޝުއައިބު ވަނީ ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަމާއި، ފެމިލީ ކޯޓުގެ ގާޒީގެ މަގާމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީގެ މަގާމު ފުރުއްވާފަ އެވެ.

  1. ކޮޔާ

    އިންނާލިﷲ ވައިންނާއިލައިހިރާޖިުން މައްޔިތާއަށް ފާފަފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި އާިލާއަށް ކެތްތެރިކަން ދެއްވާށި އާމީން

  2. ސުހާނާ

    “ޝުއައިބް ހަސަން ޒަކަރިއްޔާ” އެއް ނޫން އޭނާގެ ނަމަކީ. “ޝުޢައިބު ޙުސައިން ޒަކަރިއްޔާ” އޭނާގެ ނަމަކީ.