ލައިފްސްޓައިލް

މިފަހަރު ޗެލެންޖް ވަރަށް ސަޅި: ޖެހެނީ ރުފިޔާ ޓްރާންސްފާ ކުރަން

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް-19 ވައިރަހުގެ ސަބަބުން ގިނަ ގައުމުތަކުގައި ވަނީ ސުކޫލުތަކާއި އޮފީސްތަކާއި އަދި ސަރުކާރު ބަންދުކޮށް ޒަރޫރީ ބޭނުމަކަށް ނޫނީ ބޭރަށް ދިއުން މަނާކޮށްފިއެވެ. އެގޮތުން ރާއްޖޭގައި ވެސް ކޯވިޑް-19 އިން ރައްކާތެރިވުމަށް ޓަކައި ސަރުކާރުން ވަނީ ޕާކްތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި ސުކޫލުތަކާއި އަދި ސަރުކާރުވެސް ބަންދުކޮށްފައެވެ.

Ads by Hajj Corporation

ބޭރަށް ނުދެވި ފޫހިވެގެން ގޭގައި ތިބެން ޖެހުމުން ގިނަ ބަޔަކު އަންނަނީ ފޫހި ފިލުވުމަށް ސޯޝަލް މީޑިއާގައި އެކި ތަފާތު ޗެލެންޖްތައް ކުރިއަށް ގެންދަމުންނެވެ. މިދުވަސްކޮޅު ފޭސްބުކް ފުރާލާފައިވަނީ އެކި މީހުން ކުރާ ޗެލެންޖްތަކުންނެވެ. މިއަދު ފޭސްބުކްގައި ފެށި ޗެލެންޖަކަށް މިވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ. އެގޮތުން، އެތައް ބައެއް ގެ ޝައުގުވެރިކަން ހޯދި އެ ޗެލެންޖަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ފޭސްބުކް އެކައުންޓްގައި އެމީހެއްގެ ބޭންކް އެކައުންޓް ނަމްބަރު ޖެހުމަށް ފަހު ލާރި ޓްރާންސްފަރ ކުރުމަށް ބުނާ ޗެލެންޖެކެވެ.

ރުފިޔާ ޓްރާންސްފަރ ކުރަން ޖެހޭ އެ ޗެލެންޖް ދަނީ ވަރަށް ގިނަ މީހުން ދަނީ ފޭސްބުކްގައި ހިއްސާކުރަމުންނެވެ. އެ ޗެލެންޖް ކޮށްގެން މީހަކަށް އެންމެ ރުފިޔާއެއް ވެސް ލިބުނު ކަމެއް ނޭނގެއެވެ. އެ ޗެލެންޖްގައި ބުނެފައި އޮންނަނީ، އޭގެ ސަބަބުން ހަގީގީ އެކުވެރިންނަކީ ކޮބައިކަން އެނގިގެންދާނެ ކަމަށެވެ. އެހެން ގޮތަކަށް ބުނާނަމަ މީހުން ފޭސްބުކްގައި ސަލާން ޖަހަނީއޭވެސް ބުނެވިދާނެއެވެ.

މިދުވަސްކޮޅު ގޭގައި ތިބެގެން ފޫހިވެގެން މީހުން ވަނީ އިތުރު ވަރަށް ތަފާތު ޗެލެންޖްތަކެއް ވެސް ކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ގުރުއާނުން މުޅި ފޭސްބުކް ފުރާލުމަށް ކުރި ޗެލެންޖަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. މީގެއިތުރުން ޓޮއިލެޓް ޕޭޕަރަކުން ޖަގަލް ކުރުމުގެ ޗެލެންޖް ވެސް ވަނީ ފޭސްބުކްގައި އާންމުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!