ޚަބަރު

ކަނޑުމަތީގެ ހާދިސާއެއްގައި ގެއްލުނު މީހަކު ހޯދަނީ

ދެން އެމްވީ ، ދެން އޮންލައިން

ލޯންޗަކާއި ޑިންގީއެއް ޖެހި ކަނޑުމަތީގައި ހިނގި ހާދިސާއަކާ ގުޅިގެން ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ. ގެއްލިގެން ހޯދަނީ ދިވެހި ފިރިހެނެކެވެ.

Ads by Sosun Fihaara

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ އިބްރާހިމް އާޒިމް ވިދާޅުވީ އެކްސިޑެންޓްވެފައި ވަނީ ބ. ދޮންފަނާއި ބ. ހަނިފަރާއި ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި ޑިންގީއެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެކަން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައި ވަނީ 19:06 ގައި ކަމަށެވެ.

ފަހަކަށް އައިސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އަންނަނީ ހިގަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ހިނގި އެފަދަ ހާދިސާއެއްގައި ފަސް މީހަކު ވަނީ މަރުވެފައެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ގެއްލިގެން އުޅެނީ ޑިންގީގައި ތިބި ހަތަރު މީހުންގެ ތެރެއިން އެކަކު ކަމަށާއި އަނެއް ތިން މީހުން ލޯންޗަށް އަރުވާފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!