މާލޭގެ މޯބައިލް ވިއްކާ ފިހާރައެއް ފަޅާލާ 250،000 ރުފިޔާގެ ތަކެތި ވަގަށް ނަގައިފި
މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގައި މޯބައިލް ފޯނު ވިއްކާ ފިހާރައެއް ކަމަށްވާ “ސެލްޒޯން” ގެ ފިހާރައެއް ފަޅާލާ 250،000 ރުފިޔާގެ އަގުހުރި ސާމާނު ވަގަށް ނަގައިފިއެވެ.
މި ފިހާރަ ފަޅާލާފައިވަނީ ރޭ ފަތިހު ގާތްގަނޑަކަޑް 3:45 ހާއިރު ކަމަށާއި، 34 އައިޓަމެއް ވަގަށް ނަގާފައިވާއިރު މީގެތެރޭގައި ގިނައީ މޯބައިލް ފޯނުކަމަށް “ސެލްޒޯން” ގެ ފަރާތުން “ވަގުތު” އަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.
ވަގަށް ނަގާފައިވާ ސާމާނުތައް ހާމަ ކުރަމުން ސެލްޒޯން އިން ބުނީ 10 ވަރަކަށް އައިފޯނާއި 4 ވަރަކަށް އެއާޕޮޑުގެ އިތުރުން އައިވޮޗު ވެސް ވަގަށް ނަގާފައިވާއިރު ދެން ވަގަށްނަގާފައި ހުރީ އެކި ވައްތަރުގެ ފޯނުތައް ކަމަށް ވެސް ބުންޏެވެ.
މިތަކެތީ ގެއްލުމުގެ ސަބަބުން ގާތް ގަނޑަކަށް 200،000 އާއި 250،000 ދެމެދުގެ ގެއްލުމެއް ލިބިފައިވާ ކަމަށް ވެއް ސެލްޒޯންގެ ފަރާތުން މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން ސެލްޒޯން އިން ބުނީ މި ފިހާރައަށް ވަންނަން ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ބޭރުގައި ހުރި ލެމިނޭޓެޑު ގްލާސް ތަޅައިލައިގެން ކަމަށާއި، އެކަން ކާމިޔާބު ނުވުމުން ދެން އަނެއްކާ ފިހާރާގެ މައިދޮރުގެ ބިއްލޫރި ގަނޑު ތަޅާލުމަށް ފަހު ފިހާރައްށް ވަނީ ކަމަށް ސެލްޒޯން ވަނީ މައުލޫމާތު ދީފައެވެ.
ފިހާރައިގެ ސީސީޓީވީ އަށް މިކަން ފެންނަން ހުރި ކަމަށާއި، އޭގެން ފެންނަން ހުރީ އެންމެ މީހެއް ނަމަވެސް މިފަދަ ބޮޑު އަމަލެއް އެންމެ މީހަކަށް އެކަނި ކުރެވޭނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށްވެސް ސެލްޒޯން އިން ވަނީ “ވަގުތު” އަށް ދިން އިންޓަރވިއުއެއްގައި ބުނެފައެވެ.
އަދި މި ފިހާރަ ފަޅާލި މިއީ މިހާރު 4 ވަނަ ފަހަރެވެ.
ސެލްޒޯން ގެ ފަރާތުން ހާނިމް ކި ޔާ ބޭފުޅަކު “ދެން” އަައި ވާހަކަ ދައްކަމުން ބުނީ ބެލެވޭ ގޮތުގައި އެމީހާ ވަނީ ފިހާރަ ފަޅާލުމުގެ ކުރިން އެތަން ރަނގަޅަށް ސްޓަޑީ ކޮށްފައިކަމަށެވެ.
“އޭނާ ހުރީ ތަން ވަރަށް ރަނގަޅަށް ސްޓަޑީކޮށްފަ. އެއީ ވީޑިއޯ އިން ވެސް ފެނުނު ހަމަ ސީދާ ދޮރު ތަޅާލުމަށްފަހު އެއްވެސް ބެލުމެއްބެތި ސީދާ ޝޯކޭސް ތަކާއި ދިމާއަށް ދިޔަ މަންޒަރު”
ހާނިމް
ތަޅާލައިފައިވާ ދޮރުގެ މަރާމާތުގެ މަސައްކަތް ކުރެވެމުން ދާއިރު، މިމައްސަލާގައި ފުލުހުންނަށް ދޭން ޖެހޭ މައުލޫމާތުތައް މިހާރު ވާނީ ދެވިފައި ކަމަށާއި، އެމައްސަލަ މިހާރު ފުލުހުން އަންނަ ބަލަމުން ކަމަށް ވެސް ހާނިމް ބުނެފައިވެއެވެ.